ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް އިތުރު ހަތް ބަގީ ގަންނަނީ

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ރަސްމީކޮށް ފެށުން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް އިތުރު ހަތް ބަގީ ގަތުމަށް ނިންމައިފިއެވެ.

މިއީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 142 ވަނަ ރަސްމީ އާއްމު ޖަލްސާގައި ނިންމި ނިންމުމެެކެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަޝީދު ވިދާޅުވި ގޮތުގައި، ވިލިމާލޭގައި 10 ބަގީ އޮތް ނަމަވެސް، ހިދުމަތް ފޯރުކޮށްދެވޭ ހާލަތުގައި އޮތީ އެންމެ ތިން ބަގީއެވެ. އެހެންކަމުން ކައުންސިލުން ނިންމީ އިތުރު 7 ބަގީ ގަތުމަށެވެ.

މި ހިދުމަތް ކައުސިލްގެ ފަރާތުން އަމިއްލައަށް ދިނުމަށް ނިންމާ، އެކަމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ވެސް ކައުންސިލްގެ މި ބައްދަވުމުގައި ނިންމާފައިވެއެވެ. ވިލިމާލޭގައި 24 ގަޑިއިރަށް ބަގީގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.

މުވައްޒަފުންގެ ގޮތުގައި ނެގުމަށް ނިންމާފައިވަނީ:

  1. 1 އޮޕަރޭޝަންސް މެނޭޖަރު
  2. 2 ސުޕަރވައިޒަރުން
  3. 6 އޮޕަރޭޓަރުން
  4. 18 ޑްރައިވަރުން
  5. 2 މެކޭނިކުން
  6. 2 ހެލްޕަރުން

މުވައްޒަފުންގެ މުސާރައަށް މަހެއްގެ މައްޗަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުވާއިރު، އަހަރެއްގެ މައްޗަށް ތިން މިލިއަން އަށްވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ.

އެހެން ކުންފުންޏަކާއި ހަވާލުކޮށްފިނަމަ، އަހަރެއްގެ މައްޗަށް 4.7 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށާއި ކައުންސިލުން އަމިއްލައަށް އެ ހިދުމަތް ފޯރުކޮށްދޭނަމަ އަހަރެއްގެ މައްޗަށް ޚަރަދުވާނީ 1.58 މިލިއަން ރުފިޔާ ކަމަށް މީގެކުރިން މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެންމެ ފުރަތަމަ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ފެށީ ޕިންކް ސްކައި މޯލްޑިވްސް ކިޔާ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ. ޕިންކް ސްކައި ކުންފުންޏަށް މަހަކު 390،000ރ. ދިނުމަށް އެއްބަސްވި ނަމަވެސް، އެ ކުންފުނިން މި ހިދުމަތް ގަވާއިދުން ނުދޭކަމަށް ސިޓީ ކައުންސިލުން ބުނިއެވެ. މީގެ ކުރީގައި 10 ބަގީ ގަތުމަށް 2.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: