ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑަސްޓްރިއަލް ވިލެޖް ސާފުކޮށް، ސެކިއުރިޓީ ބަލަހައްޓައި ކުނި އަޅާ ބަޔަކަށް ފިޔަވަޅު އަޅަނީ!

އިންޑަސްޓްރިއަލް ވިލެޖަށް ގިނަ އަދަދެއްގެ ކުނިތައް އަޅާފައި/ ފޮޓޯ: މި
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމަށްފަހު އެ ސަރަހައްދު ބެލެހެއްޓުމަށް ސެކިއުރިޓީން ތިބޭނެ ކަމަށާއި އަދި ކުނި އަޅައިފިނަމަ އެމިހަކާމެދު ފިޔަވަޅު އަޅާނެކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވެއްޖެއެވެ.

އިންޑަސްޓްރިއަސް ވިލެޖް ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލްއާއި ފުލުން އަދި ވެމްކޯއިން ގުޅިގެން ކުރިއަށް ގެންދާއިރު އެ ސަރަހައްދުގެބޮޑު ބައެއް ވަނީ ސާފުކޮށްފައެވެ. “ސަންގު ޓީވީ” އިން ވެމްކޯގެ އެމްޑީއާއި ސުވާލު ކުރުމުން މުޖުތަބާ ވިދާޅުވީ ގާތް ގަނޑަކަށް ބޮޑު ސަރަހައްދެއް ސާފުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ގަސްތަކާއި ހިލަތަކުގެ ތެރޭގައި ކުނި ޖަމާވެފައި ހުރި ކަމަށެވެ. އެހެންކަމުން އެ ސަހަރައްދު ތަކުން ކުނި ނެގުމުގައި ދަތިތަކާއި ދިމާވާކަމަށާއި އެސަރަހައްދުތަކަށް ވެހިކަލްތަކެއް ނުގެންދެވޭ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ ކުނި ނެގުމަށް ވެހިކަލްތައް ބޭނުންނުކުރެވޭ ހިސާބުތަކަށް މޭންޕަވަރ ބޭނުން ކުރަން ޖެހޭ ކަމަށާއި އެ ސަަބަބާއި ހުރެ އެކަމަށް ވަގުތު ހޭދަވާކަމަށެވެ. އެހެން ނަމަވެސް ބަލްކުކޮށް ކުނި ހުރި ސަރަހައްދުތަކުން ކުނި ނެގުމަށް ހެވީ ލޯޑް ވެހިކަލް ބޭނުންކޮށްގެން އެ ސަހަރައްދުތައް ސާފު ކުރެވޭކަމަށް މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ ހަފްތާ ނިމޭއިރު އެ ސަރަހައްދު އެއްކޮށް ސާފު ކުރެވޭނެ ކަމަށާއި އަދި އާންމުނަށް ވަދެ ނިކުމެ އުޅުމަށް ވެސް ހުޅުވާލެވޭނެ ކަމަށެވެ. އިންޑަސްޓްރިއަލް ވިލެޖަކީ އެމްޕީއެލްއަށް ހަވާލުކޮށްފައިވާ ތަނަކަށްވުމުން އެ ސަރަހައްދުގައި ފޯރިމެރުމަށް އެމްޕީއެލްގައި އެދިގެން ސެކިއުރިޓީ ބައިތިއްބާ އެ ސަރަހައްދު ބެލަހައްޓަމުން އަންނަކަމަށް މުޖުތަބާ ވިދާޅުވިއެވެ. އަދި އިންޑަސްޓްރިއަލް ސަރަހައްދު ސާފުކުރުމަށްފަހުވެސް ސެކިއުރިޓީ ބަލަހައްޓާނެ ކަމަށާއި އެތަނަށް އެއްވެސް ކުނި ލޮރީއެއް ނުވަތަ ޕިކަޕަކަށް ނުވަދެވޭނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.

އެމްޑީ ވިދާޅުވީ މިހާރުވެސް އިންޑަސްޓްރިއަލް ސަރަހައްދަށް އާއްމުކޮށް ކުނި ހިފައިގެން އަންނަ ފަރާތުގައި “ރެސްޓްރިކްޝަން” އިންނާނެ ކަމަށާއި އަދި ބެރިކޭޑް ޖެހުމަށްފަހު އެ ސަރަހައްދަށް އާއްމުންނަށް ނުވަދަވޭގޮތަށް ނޯޓިސް އެއް އާންމުކޮށްފައިވާނެ ކަމަށެވެ.

މީގެއިތުރަށް އެމްޑީ ވިދާޅުވީ ސަރަހައްދަށް ކުނި އަޅާނަމަ ފިޔަވަޅު އަޅާނެ ކަމަށާއި އެހެންނަމަވެސް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވަނީ ފުލުހުންނާއި ސިޓީ ކައުންސިލަށްކަމަށެވެ.

އިންޑަސްޓްރިއަލް ސަރަހައްދު ސާފުކުރުމަށްފަހު ކުނި އަޅާ ފަރާތްތަކާއި މެދު އަޅާނެ ފިޔަވަޅުތަކަކީ ކޮބައިތޯ “ސަންގުން” ސިޓީ ކައުންސިލްއާއި ސުވާލު ކުރުމުން ވިދާޅުވީ ގާނޫނުގެ ދަށުން ކުނިއަޅާ ހުރިހާ ފަރާތްތަކުން ޖޫރިމަނާ ކުރެވިގެންދާނެ ކަމަށެވެ. 500 ރުފިޔާއިން ކޮންމެ މީހެއްވެސް ކުނި އަޅައިފިނަމަ ޖޫރިމަނާކޮށް ބިދޭސީއެއް ނަމަ ޑީޕޯޓް ކުރާނެ ކަމަށް ސިޓީ ކައުންސިލްއިން ވަނީ މައުލޫމާތު ދީފައެވެ. ސިޓީ ކައުންސިލް އިން ބުނެފައިވަނީ މަގުމަށްޗަށް ކުނި އަޅާ އަދި ގަވައިދާ ހިލާފަށްއުޅޭ އަންޑޮކިއުމެންޓެޑް ބިދޭސީން ގިނަ ކަމަށެވެ.

މީގެއިތުރުން އެސަރަހައްދު ސާފުކުރުމަށްފަހު އެސަރަހައްދު އަލި ކުރުމަށް މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށާއި ބައެއް ސަރަހައްދުތަކަށް އާއްމުނަށް ނުވަދެވޭގޮތަށް އެއްކޮށް ބަންދުކުރާނެކަމަށްވެސް ސިޓީ ކައުންސިލްއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: