ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ވައުދާ އެއްގޮތަށް ހަނޑުލާއި ފުށް ބަހަން ފަށައިފި

ހަނޑުލާއި ފުށް ބެހުމުގެ މަސައްކަތްތައް: ފޮޓޯ/ މާލެ ސިޓީ ކައުންސިލު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ރައްޔިތުންނަށް ވައުދުވީ ގޮތުުގެ މަތިން ރަަމަޟާން މަހުގެ ތެރޭގައި ގޭބިސީތަކަށް ހަދިޔާކުރުމަށް ކަނޑައެޅި ކާޑުގެ ބާވަތްތައް ދޫކުރުމުގެ މަސައްކަތްތައް ފައްޓައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާގޮތުން ސަރުކާރުން ގޭބިސީތަކަށް ހަދިޔާ ކުރާ ހަނޑުލާއި ފުށް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ދަނީ ޖުމުލަ 6 ސަރަހައްދެއްގައިކަމަށެވެ. އަދި މި މަސައްކަތްތައް ހެންދުނުގެ 10:00 ހަވީރު 16:00 ގެ ނިޔަލަށް ކުރިއަށް ދާނެކަމަށާއި ރޭގަނޑުގެ 20:30 އިން ފެށިގެން 23:00 ގެ ނިޔަލަށް ކުރިއަށް ދާނެކަމަށްވެސް ބުނެފައިވެއެވެ.

މި މަސައްކަތްތައް ކުރިއަށް ދާ ސަރަހައްދުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ މާލޭގެ ގަލޮޅު ދަނޑު، މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭ ބައި އަދި މާލޭ ސޯޝަލް ސެންޓަރުގެ އިތުރުން ވިލިމާލޭގެ ބިއްރި މިސްކިތުގެ ހޯލުގައިވެސް ކުރިއަށް ގެންދާކަން ހިއްސާކޮށްފައިވެއެވެ. މާލެ ސިޓީ ކައުންސިލުން ބުނެފައިވާގޮތުން ހުޅުމާލެގެ ފޭސް އެކަކާއި ދެއެއްގައިވެސް މި މަސައްކަތްތައް ކުރެވެމުން އެބަދެއެވެ. އެގޮތުން ފޭސް އެކެއްގެ އުމަރު ޒާހިރު ބިލްޑިންގް ގައި ކުރިއަށް ގެންދާއިރު ފޭސް ދެއެއްގައި ހިޔާ ފްލެޓުގެ 10 ވަނަ ޓަވަރުގެ ޔޫތު ސެންޓަރުން ލިބޭނެކަންވެސް ހާމަކޮށްފައިވެއެވެ.

ހަދިޔާ ބަލާ ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަމަށްވެސް ބުނެފައިވެއެވެ. އަދި ހަދިޔާ ދޫކުރާނީ ކަރަންޓު މީޓަރުގެ ނަންބަރަށް ބެލުމަށްފަހުކަމަށާއި ތަކެތި ބަލާ އަންނަ ފަރާތުގެ އަތުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ލައިސެންސް ނުވަތަ ޕާސްޕޯޓެއް އޮންނަންވާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: