ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނީގެ މައްސަލަ ދިމާވެފައިވަނީ ވެމްކޯގެ ފީ ބޮޑުވެގެންނެއްނޫން: އާޒިމް

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުނީގެ މައްސަލަ ދިމާވެފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އަގުތައް ބޮޑުވެގެން ނޫން ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 138 ވަނަ ރަސްމީ އާންމު ޖަލްސާގައި އާޒިމް ވިދާޅުވީ ކުނީގެ މައްސަލަ ދިމާވެފައިވަނީ އަމިއްލަ ފަރާތްތަކުން ޕިކަޕުގެ ފީ ބޮޑު ކޮށްގެން އުޅޭތީ ކަމަށެވެ. އާޒިމް ވިދާޅުވީ ޕިކަޕުތަކުގައި މަގުމައްޗަށް ބައެއް މީހުން ކުނި އަޅާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެހާ ބޮޑެތި ކުނި އެންމެ މީހަކަށް ހިފައިގެން އައިސް އުކާލެވޭނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޕިކަޕު ފީގެ ގޮތުގައި 50 ރުފިޔާ ޖެހުމަށްފަހު ކުނިގޮނޑަށް ކުނި އުކަންދާން 1500 ރުފިޔާ ޖަހާފައިވާ ބިލްތައް ވެސް މޭޔަރަށް ލިބިފައިވާ ކަމަށެވެ. އެއަރކޯން ވެސް އެއްލާލުމަށް 500 ރުފިޔާ، 800 ރުފިޔާ ނުވަތަ 1000 ރުފިޔާ ވެސް ޕިކަޕް ދުއްވާ މީހުން ނަގާކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި އުނދަގޫތައް ދިމާވާކަމަށެވެ.

އެހެންކަމުން މިކަމުގައި ކަރުދާހެއް ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވިއެވެ. އަދި މަގުމައްޗަށް ރައްޔިތުން ކުނި ނޭޅުމަށާއި ކަމާ ބެހޭ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް އާޒިމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މާލެ ސަރަހައްދުން ކޮންމެ ދުވަހަކު ވެސް އެތައް ޓަނެއްގެ ކުނި ސިޓީ ކައުންސިލްއާއި ވެމްކޯއިން ނަގަމުން ގެންދެއެވެ. އެހެންނަމެވެސް ކުނީގެ މައްސަލައަށް ހައްލުގެނައުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރުމަށްވެސް މޭޔަރ ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: