ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލަށް ބިދޭސީން ނެގުމުގައި އިންސާނީ ވަގުފާރީގެ އަމަލުތަކެއް ހިންގާފައިވާކަމަށް ބެލެވޭ: ޖީހާން

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު، އަދި ހިއުމަން ރައިޓްސް އެންޑް ގެންޑާރ ކޮމިޓީގެ ޗެއާ ޖީހާން މަހުމޫދު/ ފޮޓޯ: ދަ ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގެ ދައުރުގައި ސިޓީ ކައުންސިލަށް ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓުކުރި މައްސަލައެއް ސަމާލުކަމަށް އައިސްފައިވާކަމަށާއި އެކަމުގައި އިންސާނީ ވަގުފާރީގެ އަމަލުތަކެއް ހިންގާފައިވާކަމަށް ބެލެވޭ މައުލޫމާތުތަކެއް ލިބިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދް ވިދާޅުވީ،  ދާދި ފަހުން މޭޔަރު އާދަމް އާޒިމްވަނީ ވަރަށް ހައްސާސީ މައްސަލައެއް އޭނާގެ ސަމާލުކަމަށް ގެނެސްފައިކަަމަށެވެ. އޭނާ ވިދާޅުވީ، މާލެ ސިޓީ ކައުންސިލަކީ ދައުލަތުގެ މުއައްސަސާއެއްކަމަށާއި އާޒިމް ފާހަގަކުރައްވާފައިވަނީ އެ މުއައްސަސާއަށް ގަވައިދާއި ހިލާފަށް ބިދޭސީ މުއައްޒަފުންތަކެއް ނަގާފައިވާ މައްސަލައެއްކަމަށް ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ، މައްސަލައިގައި މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ހިއުމަން ޓްރެފިކިންގް އާއި ގުޅުންތަކެއް ހުރިކަމަށް އެކަށީގެންވާކަމަށް ބެލެވޭ މައުލޫމާތުތަކެއްވެސް ލިބިފައިވާކަމަށެވެ. ދިވެހިރާއްޖެއަށް ހިއުމަންޓްރެފިކިންގް މައްސަލަ ކުރިމަތިވެފައިވާ ގައުމުތަކުގެ ލިސްޓަށް ނާރާ ހިފަހައްޓާލެވެނީ ކިރިޔާ ކަމަށްވުމުން ކުރީގެ ސަރުކާރުންވަނީ އެ ހާލަތު މެދުވެރިނުވާކަން ކަށަވަރުކުރުމަށްޓަކައި އިންތިޒާމުތައްވެސް ހަމަޖައްސާފައިކަމަށް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ، ކަން އެގޮތަށް އޮތް އިރު ސަރުކާރުގެ ވުޒާރާއަކުން ގަވައިދާއި ހިލާފަށް ބައިވަރު ބިދޭސީން ރެކްރޫޓުކޮށްފައިވާކަމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއްކަމަށެވެ. ހިއުމަން ޓްރެފިކްގް މައްސަލައަކީ ކޮމިޓީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލަްއެއް ކަމަށް ވާތީ މާލެ ސިޓީ ކައުންސިލަށް މީގެ ކުރިން ރެކްރޫޓުކޮށްފައިވާ ބިދޭސީ މުއައްޒަފުން ނެގުމުގައި އެފަދަ އަމަލެއް ހިންގާފައިވޭތޯ ބެލުމަށްޓަކައި ކޮމިޓީއިން މަސައްކަތްކުރަންޖެހޭކަމަށް ގަބޫލުކުރެވޭކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ ވުޒާރާއަކުން އިންސާނީ ވަގުފާރިއާއި ގުޅުންހުރި އަމަލުތަކެއް ހިންގާނަމަ އަދި އެއްވެސް ވުޒާރާއަކުން އެ މައްސަލަ ނުބަލާނަމަ ބްލެކްލިސްޓަަށް އެރުމުގެ ފުރުސަތު ބޮޑުވެގެންދާކަމަަށެވެ. ބްލެކް ލިސްޓަށް އަރާ ހިސާބުން އެކަމުގެ ގެއްލުންތައް މުޅި ގައުމަށް ލިބިގެންދާނެކަމަށާއި ކޮންމެވެސް ބަޔަކު މައްސަލަ ބަލަމުންދާނަމައާއި އެފަދަ މައްސަލަތައް ބެލޭ ނިޒާމެއް ބިނާކުރެވިފައިވާނަމަ ލިސްޓަށް ނޭރުމަށް މަޝްވަރާތައް ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ޖީހާން ވިދާޅުވިއެވެ.  ހިއުމަން ޓްރެފިކިންގް މައްސަލަތައް ނުބެލޭ ކޮންމެ ދައުލަތެއްވެސް ބްލެކް ލިސްޓުކުރާކަމަށާއި މިހާރު ދިވެހިރާއްޖެ އޮތީ ބްލެކް ލިސްޓުކުރުމާއި ގާތުގައިކަމަށް ޖީހާން ވިދާޅުވިއެވެ.

ކޮމިޓީގައި ބައިވެރިވެވަޑައިގެން އިންނެވި މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފްވެސް ވަނީ މި މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، އެހެން ބަޔަކަށް މުޅި މަންޒަރު ނުފެނުނު ނަމަވެސް ކޮމިޓީގައި ތިއްބެވި މެމްބަރުންނަށް ފެނިވަޑައިގަންނަވާނެކަމަށެވެ. އޭނާ ވިދާޅުވީ، މީގެ ކުރިން މާލެ ސިޓީ ކައުންސިލުގެ ހުރިހާ ކަމެއް ހިންގަން ތިބީ މިހާރު ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ ބައެއްކަމަކަށާއި އެހެންކަމުން މިހާރު ވެރިކަމުގައި ތިބި އިރު މައްސަލަ ބަލާނީ ކޮން ގޮތަކުންކަމާއިމެދު ސުވާލު އުފެދޭކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: