ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު އަހަރު ފާހަގަކުރުމަށްޓަކައި ”ދިވެހީންގެ ރާއްޖެ ފެސްޓިވަލް“ އެއް ބޭއްވުމަށް ހަމަޖެހިއްޖެ

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އައު އަހަރު ފާހަގަކުރުމަށްޓަކައި ”ދިވެހީންގެ ރާއްޖެ ފެސްޓިވަލް“ އެއް ބޭއްވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވީ ކޮންމެ އަހަރަކުވެސް އައު އަހަރު ފާހަގަކުރުމަށްޓަކައި ބާއްވަނީ މިއުޒިކް ޝޯއެއްކަމަށެވެ. ނަމަވެސް އެހެންއަހަރު ތަކާއި ހިލާފަށް މިހައަހަރު އައު އަހަރު ފާހަގަކުރުމަށްޓަކައި ބާއްވަނީ ފެސްޓިވަލްއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހީންގެ ރާއްޖެ ފެސްޓިވަލްގެ ތެރޭގައި މިއުޒިކް ޝޯއެއްވެސް ހިމަނާފައިވާ ކަމަށާއި އަދި އޭގެއިތުރުން ލޭޒާ ޝޯއެއްވެސް ހިމަނާފައިވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މި ފެސްޓިވަލްއިން ދިވެހި އާޓިސްޓުންނާއި، އެކި ހުނަވެރި ފަންނާނުންނަށް އެ މީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެން ދާނެކަމަށްވެސް މިނިސްޓަރ އަސްވާޑް ވިދާޅުވިއެވެ.

އައު އަހަރު ނިންމުމަށްޓަކައި ފެސްޓިވަލްގެ އިތުރުން މިމަހުގެ 31 ވަނަ ދުވަހު ކުޑަކުދިންނަށް ހާއްސަ އާއިލީ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

”ދެ ހަރަކާތެއް އަޅުގަނޑުމެން ކުރިޔަށް މިގެންދަނީ، އެއްކަމަކީ އަހަރު ނިންނާ ނިންމުމަށް އަޅުގަނޑުމެން ބާއްވާ އިވެންޓެއް. އެއީ ކުޑަކުދިންގެ އާއިލީ ހަވީރެއް.“ މިނިސްޓަރ އަސްވާޑް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަހަރު ނިމުން ފާހަގަކުރުމަށް އެންމެ ފުރަތަމަ ސަރުކާރުން ކުރަން ނިންމާފައިވާ ކަމަކީ ކުޑަކުދިންގެ އާއިލީ ހަވީރު ކަމަށާއި އޭގެ ފަހުން ލޭޒާ ޝޯ އާއި ހަވާއެރުމުން ފެސްޓިވަލް ފެށިގެންދާނެ ކަމަށެވެ. އަދި ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024 އަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތުދީފައެވެ.

ދިވެހި އާޓިސްޓުންނާއި ދިވެހިންނަށް ހާއްސަ ފުރުސަތުތަކެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މި ފެސްޓިވަލް ވެގެންދާނީ ދިވެހި ފަންނާނުންނަށް ހާއްސަ ފެސްޓިވަލަކަށް ކަމަށެވެ.

އެހެން އަހަރުތަކުގައި އާ އަހަރުގެ މިއުޒިކް ޝޯ ބާއްވާއިރު ބޭރުގެ ފަންނާނުން ގެނެސް ޝޯ ދިންނަމަވެސް މި ސަރުކާރުގެ ފުރަތަމަ ފެސްޓިވަލްގައި ފުރުސަތު ދެވޭނީ ދިވެހިންނަށް އެކަނި ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: