ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިޑަކާ ނުލައި އަމިއްލަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މާލިއްޔަތު ގަވައިދު އިސްލާހުކޮށްފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބިޑަކާއި ނުލައި އަމިއްލަ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސް ގެޒެޓުގައި ޝާއިއުކޮށްފި އެވެ.

މާލިއްޔަތު ގަވައިދުގެ 10.22 ގެ އަރިމަތީ ސުރުހީ އިސްލާހުކޮށް މިހާރު ބަޔާންކޮށްފައި ވަނީ ޑައިރެކްޓް އެވޯޑް އުސޫލުން މަސައްކަތްތައް ހަވާލުކުރުމާއި، ޕްރައިވެޓް ސެކްޓާރ އިނީޝިއޭޓެޑް ޕްރޮޕޯޒަލް ހުށަހެޅުމެވެ.

ފިނޭންސް މިނިސްޓްރީން ގެޒެޓު ކުރި މާލިއްޔަތު ގަވައިދުގެ އެއްވަނަ އިސްލާހުގައިވާ ގޮތުން ސަރުކާރުން އިއުލާނު ނުކުރާ މަޝްރޫއުތަކަށް އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ޕްރޮޕޯޒަލް ހުށަހެޅޭނެ އެވެ. އެކަމުގެ އުސޫލެއް އެކުލަވާލާއި، ބުނެފައި ވަނީ މަސައްކަތް ހަވާލު ކުރާ ހާލަތުގައި، މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ކަނޑައަޅަން ވާނީ މަސައްކަތުގެ ބާވަތާއި، މަސައްކަތުގެ އަގު އަދި މަސައްކަތް ހަވާލު ކުރާ ފަރާތް ހިމެނޭ ގޮތަށް އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާ އެ ފަރާތަކަށް މަސައްކަތް ހަވާލު ކުރުމަށް ނިންމި ސަބަބު ބަޔާންކޮށް މާލީ ވަޒީރަށް ހުށަހެޅުމުން އެ ލަފާގެ މަތީން ކަމަށެވެ.

އަމިއްލަ ފަރާތަކުން އިސްނަގައިގެން ޕްރޮޕޯޒަލްއެއް ސަރުކާރަށް ހުށަހެޅޭ ހާލަތުގައި އެ ހުށަހެޅުންތަކާއި މެދު ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން އެ މަޝްރޫއުއެއް ކުރިޔަށް ގެންދަން ނިންމިދާނެކަމަށް އިސްލާހުގައި ވެއެވެ.

އިސްލާހުގައިވާގޮތުން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ޕްރޮޕޯޒަލެއް ސަރުކާރަށް ހުށަހެޅޭ ހާލަތުގައި، އެ ހުށަހެޅުމަކާމެދު ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން އެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމިދާނެއެވެ.

ޕްރައިވެޓް ސެކްޓާރ އިނީޝިއޭޓެޑް ޕްރޮޕޯޒަލްއެއް ސަރުކާރުކާރަށް ހުށަހެޅޭ ހާލަތުގައި އެ ހުށަހެޅުމަކާއި މެދު ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން އެ މަޝްރޫއުއެއް ކުރިޔަށް ގެންދިއުމަށް ގަވައިދު ބުނާ ގޮތުގައި ނިންމިދާނެ އެވެ. އަދި ޕްރޮޕޯޒަލްތައް ބަލައިގަތުމާއި އެފަދަ ޕްރޮޕޯޒަލްތަކާއި މެދު ގޮތް ނިންމުމުގައި އަމަލު ކުރާނީ ގަވައިދުގައިވާ އުސޫލާއި އެއްގޮތަށްކަމަށް ވެއެވެ.

އެގޮތުން ޕްރޮޕޯޒަލް ހުށަހެޅޭނެކަމަށް ގަވައިދުގައި ވަނީ ވަކި މަޝްރޫއުތަކަށް ނުފެތޭ ނަމަވެސް ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދެވޭފަދަ މަޝްރޫއުތަކާއި ގުޅޭ ޕްރޮޕޯޒަލްއެވެ. އަދި ސަރުކާރުގެ ސްޓްރެޓިޖިކް ޑިވެލޮޕްމަންޓް ޕްލޭނުގައި ބަޔާންކޮށްފައިވަ ކަންތައްތައް އިނޮވޭޓިވް ގޮތެއްގައި އަދި ފުދުންތެރި ގޮތެއްގައި ހާސިލު ކުރުމަށް މަގުފަހިކޮށްދިނުމަށް ހުށަހަޅާ ޕްރޮޕޯޒަލްއެވެ.

ގަވައިދުގެ 10.22 ވަނަ މާއްދާގެ (ނ) ގެ ދަށުން ޕްރޮޕޯޒަލް ހުށަނޭޅޭނެ ހާލަތްތައް ބަޔާންކޮށްފައިވާއިރު އެއީ ޕްރޮޕޯޒަލް ހުށަހެޅުމުގެ ކުރިން އެ ޕްރޮޕޯޒަލްގައި ހިމެނޭ މަޝްރޫއުއެއް އިއުލާނު ކުރުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތުން ރާވާފައިވުމާއި ޕްރޮޕޯޒަލް ހުށަހެޅުމުގެ ކުރިން އެ ޕްރޮޕޯޒަލްގައި ހިމެނޭ މަޝްރޫއުއެއް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން އިއުލާނުކޮށްފައިވުމެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ކުރިން އެ ޕްރޮޕޯޒަލްގައި ހިމެނޭ މަޝްރޫއުއެއް ސަރުކާރުގެ ޖަމާއި ބެހޭ ފަރާތުން އިއުލާނުކޮށްގެން މަސައްކަތް ކުރާނެ ފާރާތެއް ހޯދުމުގެ އެއްވެސް މަރުހަލާއެއް ފަށާފައި އޮވެގެން ނުވާނެކަމަށް ބަޔާން ކުރެއެވެ.

ގަވައިދުގައި ޕްރޮޕޯޒަލްގައި ހިމަނަން ޖެހޭ ބައިތަކާއި، ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭ ފަރާތް އަދި އަމަލު ކުރަން ޖެހޭ އުސޫލުގެ އިތުރުން އެސެސްމަންޓާއި ޕްރޮޕޯޒަލްއާއި މެދު ގޮތެއް ނިންމުމުގައި އަމަލު ކުރާނެ ގޮތް ބަޔާންކޮށްފައި ވެއެވެ. އަދި އިނީޝިއަލް އެސެސްމަންޓާއި، ޕްރޮޕޯޒަލްގެ ސްޓްރެޓީޖިކް އެސެސްމަންޓުގެ އިތުރުން ޑީޓެއިލްޑް އެސެސްމަންޓާއި ޕްރޮޕޯޒަލްއާއި ގުޅޭ މަޝްވަރާތައް ކުރިޔަށް ގެންދިއުމާއި ކޮމާޝަލް ޓާމްސް ފައިނަލައިޒް ކުރުންގެ އިތުރުން އެއްބަސްވުމުގައި ސޮއިކުރުމާއި ފޮރިން އިންވެސްޓްމަންޓު ނުވަތަ ވިޔަފާރި ރެޖިސްޓްރީ ކުރުމާއި މިނިސްޓްރީތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަނީ ބަޔާންކޮށްފަ އެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: