ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އިރުޝާދެއް ނުލިބޭ، އެފަދަ މަސައްކަތެއް ނުކުރަން: އެމްޑީޕީ

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަށް ދެ މަސް ދުވަސް ނުވަނީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައި އަޒުލު ކުރަން އުޅޭކަމަށް ވާހަކަ ދެކެވުނުނަމަވެސް އެފަދަ މަސައްކަތް ކުރަމުން ނުދާކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ބުނެފި އެވެ.

ސަރުކާރާއި މެދު ހިތްހަމަނުޖެހި، އެމްޑީޕީގެ ޕާލިމަންޓު މެމްބަރުން ވަނީ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހައް ވައްދައި އަޒުލު ކުރަން ޖެހޭކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. މި ވާހަކަތައް ދެކެވިފައި ވަނިކޮށް ސަރުކާރުގެ މަގާމުތަކަށް ދިއުމަށް މަޖިލީހުގެ ބައެއް މެމްބަރުން އިސްތިއުފާ ދިނުމުން އުޣުލަބިއްޔަތު ގުނުމާއި ބެހޭ ގޮތުން ގޮތެއް ނިންމުމުގެ ކޮމިޓީގައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔަ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުކުރެވޭ ގޮތަށް ގަވައިދު ބަޔާން ކުރާ މާއްދާތަކަށް އިސްލާހު ގެނެސް އެ މަރުހަލާގެ ބައެއް ތަރުތީބުތަކަށް އިސްލާހު ގެނައެވެ. އޭރު އިސްލާހު އޮތް ގޮތުން އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ވެސް ރައީސާއި، ނައިބު ރައީސް އަޒުލު ކުރެވޭނެ އެވެ.

އިންޑިއާގެ މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލައިގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހޭކަމަށް މެމްބަރުން ބަހުސް ކުރި އެވެ. އެއާއި އެކު އެމްޑީޕީގެ އެތެރޭގައި އެފަދަ މަޝްވަރާތަކެއް ކުރިޔަށް ދާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް އެ ޕާޓީގެ 13 މެމްބަރަކު ވަނީ ސަރުކާރުގެ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންފަ އެވެ. އެއާއި އެކު ބައެއް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވަނީ ރައީސް ވަކިކުރުމަށް އެމްޑީޕީން ދުށް ހުވަފެން ދެން ހަގީގަތަކަށް ނުވާނެކަމަށް ބުނެފަ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ސީދާ ރަސްމީކޮށް ޕީޖީގެ ތެރެއިން މީގެ ކުރިން ވާހަކައެއް ނުދައްކަވަ އެވެ. އެފަދަ މަސައްކަތެއް ކުރުމަށް މަޝްވަރާ ކުރާކަން ނުވަތަ ނޫންކަން ވެސް ހާމަނުކޮށް ހަމައެކަނި ވިދާޅުވީ ވަކިވަކި މެމްބަރުންގެ ވިސްނުމަށް ޕީޖީގެ ޖަވާބެއް ނެތްކަމަށެވެ. އެކަމަކު މެމްބަރުންތަކެއް ވަކިވި މައްސަލައިގައި މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގައި ގާނޫނުއަސާސީން ހުއްދަ ކުރާ ނުވަތަ ލާޒިމް ކުރާ އެއްވެސް ނިންމުމެއް ޕާޓީން ނިންމާފައި ނުވާކަމަށެވެ.

ސަލީމް ވިދާޅުވީ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އެމްޑީޕީއަށް ވުރެ ގިނައިން ގޮވަމުން ދަނީ ސަރުކާރާއި ކުރިން ގުޅުން ހުރި ބޭފުޅުންކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ކުރާ މެމްބަރުންނަށެވެ.

އިތުބާރު ނެތްކަމުގެ ވޯޓު ނަގާވާހަކަ އެންމެ ގިނައިން އިވެނީ، ސަރުކާރާއި ގުޅުން ހުރި ބޭފުޅުން ދައްކަވާތީ.. އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އެބޭފުޅުންނަށް އަމިއްލައިން ގަބޫލު ކުރެވެނީކަމަށް ރައްޔިތުންގެ އިތުބާރު ގެއްލޭ ކަންތައްތަކެއް ނޫނީ ސިޔާސަތުތަކެއް ގެންގުޅެވެނީކަމަށް

އެމްޑީޕީގެ ޕީޖީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުމަށް އެއްވެސް މަޝްވަރާތަކެއް ކުރިޔަށް ނުދާކަމަށް ސަލީމް ވިދާޅިވި އެވެ. އޭނާ ވިދާޅުވީ އެކަމަށް އެތެރޭގެ ބަހުސެއް ވެސް ކުރެވިފައި ނެތްކަމަށާއި އެހެންކަމުން ވާހަކަ ދެކެވިފައި ނެތް މައުޟޫއުއަށް ސްޓޭންޑެއް ވެސް ނެތް ކަމަށެވެ. އަދި ޕާޓީން އެފަދަ މަސައްކަތެއް ކުރަން އެއްވެސް އިރުޝާދެެއް ވެސް ލިބިފައި ނުވާކަމަށް ސަލީމް ވިދާޅުވި އެވެ.

ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުން ފަސޭހަކޮށް ގެނައި އިސްލާހުތަކުގައި އަޒުލު ކުރުމުގެ ގަރާރެއް ހުށަހަޅައިފި ނަމަ މަޖިލީހުގެ ރައީސަށް މައްސަލަ ޕާކު ނުކުރެވޭ ގޮތަށް ނުވަތަ މައްސަލަ ހުއްޓުވާފައި ނުބޭއްވޭ ގޮތަށް ހަމަތަކާއި ތަރުތީބުތަކެއް ގެނައުން ހިމެނެ އެވެ. އެއީ ގަރާރު ލިބޭތާ ދެ ދުވަހުގެ ތެރޭގައި ނޯޓިސް ފޮނުވުމާއި، ނޯޓިސްގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިޔަށް ގެންދިއުމުގެ ޖަލްސާއެއް ބޭއްވުން އަދި ބަހުސަށް ތިން ގަޑިއިރު ދިނުމަށް ފަހު ދިފާއުގައި ވާހަކަ ދެއްކެވުމަށް 30 މިނެޓުގެ ވަގުތު ދިނުމެވެ.

ގަވައިދު ކޮމިޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންނަކީ އެއީ އެވަގުތަކު މަޖިލީހުގައި ދެމިތިބި މެމްބަރުން ކަމަށެވެ. މެމްބަރުން ގުނުމުގައި ބަލާނީ 80 މެމްބަރުން ތިބި ކަމަށެވެ. މާނައަކީ އެ ބަދަލާއި އެކު ކަންކަން ފާސްކުރުމުގައި ބަލާ އަޣުލަބިއްޔަތަށް ބަދަލުތަކެއް އައިސް، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލު ކުރުމަށް 54 މެމްބަރުންގެ ވޯޓު ބޭނުންވުމެވެ. 13 މެމްބަރުން ވަކިވުމުން އެމްޑީޕީގައި ތިއްބެވީ 43 މެބްރުންނެވެ.

67 ގެ ސުޕަ މެޖޯރިޓީއަކާއި އެކު މަޖިލީހުގެ ދައުރު ފެށި އެމްޑީޕީގެ އެތެރޭގެ ހިޔާލުތަފާތުވުންތަކާއި ހެދި ކުރިން ވެސް ޕާޓީ ދޫކުރީ 13 މެމްބަރެކެވެ. އެކަމަކު އޭގެ ތެރެއިން ކުޅުދުއްފުށި އުތުރު ދައިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވަނީ ފަހުން އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: