ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު މައިއެކައުންޓްއިން ފަސޭހަކަމާއެކެ ޚިދުމަތްތައް އޮންލައިންކޮށް މެނޭޖްކޮށްލާ!

ދިރާގު މައިއެކައުންޓްއިން ފަސޭހަކަމާއެކެ ޚިދުމަތްތައް އޮންލައިންކޮށް މެނޭޖްކޮށްލާ!
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު މައިއެކައުންޓް ޚިދުމަތާއެކު ދިރާގު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް އެކި ޚިދުމަތްތަކަށް އެޕްލައިކޮށްލާ، ހުރިހާ ޚިދުމަތްތަކެއް އެއްތަނަކުން މެނޭޖްކުރެވޭނެ ގޮތް ހަދައިފި އެވެ.

މައިއެކައުންޓް މެދުވެރިކޮށް ކަސްޓަމަރުން އެންމެ ގިނައިން އޮންލައިންކޮށް ހޯދާ ބައެއް ހިދުމަތްތުގެ މައުލޫމާތުތައް ދިރާގުން ވަނީ ހިއްސާކޮށްފަ އެވެ.

އެގޮތުން:

  • ޕޯސްޓްޕެއިޑް ނުވަތަ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖް ބަދަލުކުރުން: ދިރާގު މައިއެކައުންޓް މެދުވެރިކޮށް މޮބައިލް ޕޯސްޓްޕެއިޑް ޕްލޭން ނުވަތަ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖް އަޕްގްރޭޑް ނުވަތަ ޑައުންގްރޭޑްކޮށްލެވޭނެއެވެ.
  • އައު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނެއް ނެގުން: އައު ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް އެދޭ ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު މައިއެކައުންޓް މެދުވެރިކޮށް އެކަން ކުރެވޭނެއެވެ.
  • ބްލޭންކް ސިމް އެކްޓިވޭޓްކުރުން: މިހާރު ދިރާގު ޕަރޓްނަރޝޮޕްއިން ގަންނަ ބްލޭންކް ސިމް ކާޑް އެކްޓިވޭޓްކުރުމަށް ކޮންމެތާކު ހުރެވެސް ދިރާގު މައިއެކައުންޓް މެދުވެރިކޮށް ރިކުއެސްޓްކުރެވޭނެއެވެ.
  • ފައިބަރ ބްރޯޑްބޭންޑް ޚިދުމަތުގެ ލޮކޭޝަން ބަދަލުކުރުން: އެއް އިމާރާތުން އަނެއް އިމާރާތަށް ނުވަތަ އެއް އިމާރާތެއްގެ ތެރޭގައިވެސް ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތުގެ ލޮކޭޝަން ބަދަލުކުރަން ބޭނުންނަމަ މިހާރު ފަސޭހަކަމާއެކު ދިރާގު މައިއެކައުންޓް މެދުވެރިކޮށް އެކަމަށް ހުށަހެޅޭނެއެވެ.
  • ވަގުތީ ގޮތުން ޚިދުމަތް މެދުކަނޑާލުން: ރާއްޖެއިން ބޭރަށް ދިގު މުއްދަތަކަށް ދަތުރުކުރާނަމަ މައިއެކައުންޓް މެދުވެރިކޮށް ފަސޭހަކަމާއެކު ޕޯސްޓްޕެއިޑް ނުވަތަ ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މެދުކަނޑާލެވޭނެއެވެ. ހިދުމަތް މެދުކަނޑާލަން ބޭނުންވާ މުއްދަތެއް އިޚްތިޔާރު ކުރުމަށްފަހު ޚިދުމަތަށް އެޕްލައިކުރެވޭނެއެވެ.

މީގެ އިތުރުން ދިރާގު މައިއެކައުންޓް މެދުވެރިކޮށް ފަސޭހަކަމާއެކު އެކި ޚިދުމަތްތައް މެނޭޖް ކުރެވޭނެކަމަށް މައުލޫމާތު ދިނެވެ. ދިރާގުން ބުނީ ތަފާތު ބިލިންގ އެކައުންޓްތަކުގެ ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ބިލް ދެއްކުން، ޕްރީޕެއިޑް ނަމްބަރުތައް ރީޗާޖްކޮށް އަދި އެކި އެޑް-އޮންސްވެސް ނެގޭނެއެވެ. އަދި ދިރާގު މައިއެކައުންޓް މެދުވެރިކޮށް އެދޭ ޚިދުމަތްތަކުގެ ސްޓޭޓަސްވެސް ބަލާލެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: