ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ރިޔާސީ އިންތިހާބަށް ހޭދަވީ 84 މިލިއަން ރުފިޔާ: އީސީ

ޕޮޓޯ: އީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޖުމްލަ 84 މިލިއަން ރުފިޔާ ހޭދަވި ކަމަށް އިލެކްޝަންސް ކޮމިށަން (އީސީ) އިން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ވަނީ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު 9 ގައި ބާއްވާފައި ވާކަމަށާއި، އިންތިހާބުގެ ފުރަތަމަ ބުރަށް 63 މިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށެވެ. އަދި އެއީ ރިކަރެންޓަށް ހޭދަވި 51 މިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދަށް ހޭދަވި 12 މިލިއަންވެސް ހިމެނޭ ގޮތަށް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ސެޕްޓެމްބަރު މަހުގެ 30 ގައި ބާއްވާފައިވާއިރު އެ ބުރުގައި ރިކަރަންޓް ހަރަދަށް ގޮތުގައި ހޭދަވި 21.5 މިލިއަން ރުފިޔާގެ އިތުރުން ކެޕިޓަލް ހަރަދަށް ހޭދަވި 61،408 ރުފިޔާ ހިމަނައިގެން 21.6 މިލިއަން ހަރަދުވެފައި ވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން ރިޔާސީ އިންތިހާބަށް ޖުމްލަ 84 މިލިއަން ހަރަދުވެފައި ވާއިރު އެކަމަށް ބަޖެޓު ކުރެވުނީ ޖުމްލަ 96.4 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓަކު ވާދަކޮށްފައިވާއިރު ދެވަނަ ބުރަށް ގޮސްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.

އީސީން ނެރުނު ރިޕޯޓުގައި ބުނާގޮތުން ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް ފަށައިގަތުމުގައި ކޮމިޝަނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އެގޮތުން މަސައްކަތް ފަށައިގަތުމަށް ކޮމިޝަނަށް ބޭނުންވާ އިމާރާތެއް ނުލިބި ގިނަދުވަސްތަކެއް ހޭދަވި ކަމަށާއި އިންތިހާބުގެ މަސައްކަތުގެ މެދުތެރެއިން އެކިއެކި ސެކްޝަންތައް އެއްތަނުން އަނެއްތަނަށް ބަދަލުކުރުން ވެގެންދިޔައީ އިދާރީގޮތުން ދިމާވި ގޮންޖެހުމަކަށް ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެއުތުރުން އިންތިހާބުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ ތަކެތި ގަތުމަށް ބަޖެޓު ލިބިފައިވީނަމަވެސް ހަރަދުކުރުމުގެ ހުއްދަ ނުލިބި ގިނަދުވަސްތަކެއް ހޭދަވެފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: