ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން އަމީނީ މަގުގެ މަސައްކަތް މަޑުޖައްސާލައިފި

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު - ފޮޓޯ: އާރްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އަމީނީ މަގުގެ މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ން ބުނެފިއެވެ.

އަމީނީ މަގުގެ މަސައްކަތް މީގެ ކުރިން މަޑުޖެހި އަލުން މަގުގެ ފަހު ސެގްމެންޓު ފަށާފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތް ވީހާވެސް އަވަހަށް ނިންމާލުމަށް އާރުޑީސީން އަމާޒު ހިފާފައިވާ ކަމަށްވެސް އެ ކޯޕަރޭޝަންއިން ވަނީ ބުނެފައެވެ. އެހެންކަމުން މަސައްކަތް ކުރިއަށް ގެންގޮސްފައިވާ މިނަވަރާއި އަދި ކުރިއަށްދާ ގޮތް ވަޒީރުން ގެންދަވަނީ ގަވައިދުން ބައްލަވަމުންނެވެ.

އާރުޑީސީން ބުނެފައިވަނީ އަމީނީމަގުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަކީ ހިނަގާބިނގާވެ އުޅުމަށް އާންމުނަށް ރައްކާތެރި ސަރަހައްދަކަށް ނުވުމާއިއެކު، އެ ސަރަހައްދަށް އާންމުން ނުދިއުމަށެވެ.

އާރުޑީސީން ދަނީ 24 ގަޑިއިރު މަސައްކަތްކޮށް އަމީނީމަގު ވިހާވެސް އަވަހަށް ނިންމޭތޯ މަސައްކަތް ކުރަމުންނެވެ. އަދި ސްކޫލްގެ ދެވަނަ ޓާރމް ފެށުމުގެ ކުރިން އަމީނީ މަގުގައި ތާރުއަޅާ މަގު ބޭނުންކުރަން ފެށޭވަރުވުމަކީ މި ސަރުކާރުގެ ވެސް އަމާޒެވެ.

އަމީނީމަގުގެ އެންމެ ފަހު ސެގްމެންޓް 12 އަދި 13 ހިމެނޭ ސަރަހައްދު ތަރައްގީކުރާނީ ކުރިން ނިމިފައިވާ ސެގްމެންޓުތަކަށް ވުރެ ފުޅާކޮށެވެ. މި ދެ ސެގްމެންޓްގައި ހަތަރު ލޭންގެ މަސައްކަތް ނިމޭއިރު އާންމުންނަށް ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: