ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގެ މަގު ހެދުމާއި ގުޅުން ހުރި މަސައްކަތްތައް އާރުޑީސީ އާއި ހަވާލުކޮށްފި

ވީއައިއޭގެ މަގު ހެދުމާއި ގުޅުން ހުރި މަސައްކަތްތައް އާރުޑީސީ އާއި ހަވާލުުކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ މަގު ހެދުމާއި ގުޅުން ހުރި މަސައްކަތްތައް ކުރުމަށް މޯލްޑިވެސް އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕްރޭޝަނާއި (އާރު.ޑީ.ސީ) ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ކުރިއަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.

އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދުގެ ވާހަކަފުޅުގައި މިއީ މިފަދަ މަސައްކަތެއް ކުރުމަށް ދިވެހި ކުންފުންޏަކާއިއެކު އެމް.އޭ.ސީ.އެލްއިން ސޮއިކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވިއެވެ. އަދި އެމް.އޭ.ސީ.އެލްގައި މަގުހެދުމާއި މަރާމާތުގެ މަސައްކަތްތަކަށް ޚާއްސަ އިންޓަރނަލް ޓީމެއް އޮތްނަމަވެސް، ކުއްލި މަސައްކަތެއް ކުރަން ޖެހިއްޖެ ޙާލަތެއްގައި އެމަސައްކަތްކުރަން ޖެހޭނީ، އެޓީމުން ރޫޓިންކޮށް ކުރާ މަސައްކަތް ހުއްޓާލުމަށްފަހުކަމަށް ވާތީ ދަތިތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އާރު.ޑީ.ސީފަދަ މިފަދަ މަސައްކަތްތަކަށް ޚާއްސަ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުމުން، މަގުހެދުމުގެ އިތުރުން އެހެނިހެން މަސައްކަތްތައް ފަސޭހަކަމާއި ހަލުވިކަމާއިއެކު ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމް.އޭ.ސީ.އެލްއަކީ މުނިސިޕަލްޓީއަކާއި ސިޓީއެއް އަދި އެއަރޕޯޓެއް ހިންގާބައެއް. މިތިން ކަންތަކުގެ ތެރެއިން ތިބޭފުޅުންގެ އެކްސްޕަރޓީޒް، މޭންޕަވަރ ރިސޯސަސް ބޭނުންކޮށްގެން މަސައްކަތަށް އިތުރު ސްޕީޑެއް ލިބޭނެ ކަމަށް އުންމީދުކުރަން.

ޝަރީފް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާރު.ޑީ.ސީގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ވަނީ، އެމް.އޭ.ސީ.އެލްގެ ހީވާގި ވެރިންގެ މަސައްކަތް ފާހަގަކުރައްވާ، އާރު.ޑީ.ސީގެ ގާބިލްކަން އިތުރުކުރުމަށް ދެއްވި ފުރުސަތަށް ޝުކުރު ދަންނަވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އާރު.ޑީ.ސީގެ ކުރިމަގު ބިނާކުރަމުންދާނީ ސީނިއަރ ލެވެލްގެ ސަރުކާރު ކުންފުނިތަކާއިއެކު މަސައްކަތްކޮށް އިތުރަށް ފުޅާކޮށްގެން ކަމުގައި ވިދާޅުވިއެވެ.

އަޅުގަނޑުމެން ޤަބޫލުކުރަނީ މިފަދަ މަސައްކަތްތައް ދިވެހި ކުންފުނިތަކާއި ހަވާލުކުރުމުން ބޭރުކުންފުނިތަކާއި އެއްވަރަށް ނުވަތަ އެއަށްވުރެ ރަގަޅަށްވެސް މަސައްކަތް ކުރެވިދާނެ ކަމަށް. އަޅުގަނޑު ގަބޫލުކުރަނީ އާރ.ޑީ.ސީއަކީވެސް އެމް.އޭ.ސީއެލް ފަދަ ވަރުގަދަ ކުންފުންޏަކަށް ހެދޭނެކަމަށް، އެކަމަށް މިމަސައްކަތްކުރަނީ.

ޒުހައިރު ވިދާޅުވިއެވެ.

މީގެ އިތުރުން އާރ.ޑީ.ސީގެ މެނޭޖިންގ ޑައިރެކްޓަރ ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރައްޖޭގެ ތަރައްޤީއަށް ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އެހީތެރިކަން އާރ.ޑީ.ސީއިން ދެމުންގެންދާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

މި ފަހުމުނާމާގެ ދަށުން އެއަރޕޯޓްގެ ލޭންޑް ސައިޑުގެ މަގު ހެދުމާއި، މަރާމާތުކުރުމާއި، ރީސަރފޭސް ކުރުމުގެ މަސައްކަތް އާރު.ޑީ.ސީއިން ކުރާނެއެވެ. އަދި މަގުތައް ގަވާއިދުން ބެލެހެއްޓުމާއިއެކު މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅު ކުރުމާއި އިމާރާތްތައް މަރާމާތުކުރުން ފަދަ ކަންކަމުގެ އިތުރުން، މަގުތަކުގައި ލައިން މާކިންގ ދެމުމުގެ މަސައްކަތްވެސް އެކުންފުނިން ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން މަގުތަކުގެ ފެން ހިއްކުމުގެ ނިޒާމުތަކާއި، އަދި އެއާ ގުޅުންހުރި އުމްރާނީ ވަސީލަތްތައް ސާފުކުރުމާއި އެމް.އޭ.ސީ.އެލްގެ ބޭނުންތަކާއި އެއްގޮތައް އެއަރޕޯޓުގެ އާންމު ތަންތަނާއި، ހިނގާރިތަކާއި، އަދި އެނޫންވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކުރުމާއިއެކު ކަނޑައެޅިފައިވާ ސަރަހައްދުތަކުން ކުނި ނައްތާލުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކުރިއަށް ގެންދާނެކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

މިއީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭނުންކުރައްވާ ދަތުރުވެރިންނާއި، އެހެނިހެން ފަރާތްތަކުގެ ފަސޭހައާއި، ސަލާމަތާއި ރައްކާތެރިކަމަށް އެމް.އޭ.ސީ.އެލްއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ މުހިއްމު މަސައްކަތްތަކެއްކަމަށް ކުންފުނިން ފާހަގަކުރެއެވެ. މިމަސައްކަތްތަކާއި އެކު، ވީ.އައި.އޭގެ ލޭންޑް ސައިޑްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދި މަގު ބޭނުންކުރާ ފަރާތްތަކަށް މިހާރަށްވުރެ އެތައްގުނައެއް ފަސޭހަވެގެން ދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: