ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގު ހަދާ ގޮތުން ނަފްސާނީ ހާސްކަން އިތުރުވާކަމުގެ ޝަކުވާ ރައްޔިތުންކުރޭ: މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގު ހަދާ ގޮތުން ނަފްސާނީ ހާސްކަން ލިބޭކަމުގެ ޝަކުވާ ރައްޔިތުންކުރާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއުއާއި ބެހޭ ގޮތުން ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ މަގު ހެދުމުގެ މަޝްރޫއު ނިންމާނެކަމަށް ބުނި ތާރީހަކީ ނިމިދިޔަ މަސްކަމަށެވެ. މި މުއްދަތާއި ހަމައަށް އައިރު، މަސައްކަތް ނުނިމޭކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، ނިމިފައިވާ ހިސާބަށް މަސައްކަތް ނިންމީވެސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ނޫންކަމަށެވެ.

މިއީ ސަރުކާރުން އެހެން ބަޔަކާއި ހަވާލުކޮށްގެން، އަވަސް އަރުވާލައިގެން ކޮށްފައިވާ މަސައްކަތެއްކަމަށާއި، މަގުގެ ކުޑަ ބައެއްގައި ތާރުއެޅުމުން ސަރުކާރުން އެކަން ވަރަށް ކުދަގަދަކޮށް ފާހަގަކުރިކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ތަފާތު އެކި އޭންގަލްތަކުން ފޮޓޯ ނަގާ، ޓުވީޓުކުރި މަރުން ރާއްޖޭގެ މަގެއްގައި ތާރު އެޅީ އަލަށޭ ހީވިކަމަށް މުއިއްޒު ވިދާޅުވިއެވެ.

ދެން އަޅުގަނޑުމެން އުއްމީދުކުރިން އެ ބާރުމިނުގައި ދާނެކަމަށް، އެއީ 84 މިލިއަން ރުފިޔާ ހަރަދުކުރިއެއްނޫންތޯ މި މަޝްރޫއުއަށް. 39 މިލިއަނަށް ވާން އޮތްކަމަށް، ސްކޯޕަކަށް، މި ދެންނެވީ އެ މަޝްރޫއުގައި ކުރަން ހުރި ކަންކަން އިތުރެއްނުވެއޭ، އަޅަން ހުރި ހޮޅިއަކަށް ހޮޅިއެއް އެ އަޅަނީ. ތާރުގެ ބޯ މިން އިތުރެއް ނުވެޔޭ. އޭގެ ދަށަށް ދާ ފަށަލަތައް އިތުރެއް ނުވެޔޭ. އެއްވެސްކަމެއް އިތުރެއް ނުވެ. ހަމަ އޮތް ގޮތަށް 39 އަކުން 84 އަކަށް.

މުއިއްޒު ވިދާޅުވިއެވެ.

އެހާ ބާރު މިނުގައި މަޝްރޫއު ދެންވެސް ކުރިއަށްދާނެކަމަށް އުއްމީދުކުރެވުނުކަމަށް މުއިއްޒު ވިދާޅުވެ، އިޝަރާތްކުރެއްވީ މަޝްރޫއަށް ހަރަދުވާ ފައިސާއަށެވެ. 39 މިލިއަން ރުފިޔާއަށް މިހާރު އެތަރައްގީކުރާ ފެންވަރުގައި މަގު ތަރައްގީކުރެވެން އޮއްވާ، 89 މިލިއަން ރުިފޔާ ހަރަދުކޮށްގެންވެސް މަޝްރޫއު ކުރިއަށް ނުދާތީ މުއިއްޒު ފާޑު ވިދާޅުވިއެވެ.

މިކަމުގައި ހަމައެކަނި ދެއްކެން އޮތް ސަބަބަކީ މަޝްރޫއު އަވަސްކުރުމަށް އިތުރަށް ފައިސާ ހަރަދުކުރަންޖެހުންކަމަށް މުއިއްޒު ވިދާޅުވިއެވެ. ކަން އެހެންވީނަމަ މަޝްރޫއު އަވަހަށް ކުރިއަށްދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާ ގޮތުން ރައްޔިތުންގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބޭކަމަށެވެ. ނަފްސާނީ ގޮތުން ރައްޔިތުންގެ ހާސްކަންވެސް މިކަމާއި ގުޅިގެން އިތުރުވާކަމަށް މުއިއްޒު ވިދާޅުވެއެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން، މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމާއި މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުން އެއީ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. އަދި މި ޕްލޭންގެ ދަށުން ވެހިކަލްތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދާ، ބޮޑެތި ހުރިހާ މަގެއްގައި ޒަމާނީ ފެންވަރަށް ތާރު އެޅުން ވެސް ހިމަނާފައި އޮތީ ސިޓީ ކައުންސިލުގެ މެންޑޭޓެއްގެ ގޮތުގަ އެވެ.

ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީކޮށް މަރާމާތު ކުރުމުގެ މަޝްރޫއާއި ގުޅިގެން ސިޓީ ކައުންސިލާއި ރޯޑް ޑެވެލޮމަންޓް ކޯޕަރޭޝަން (އާރުޑީސީ) ދެމެދު މައްސަލަ ޖެހުނެވެ. މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަތުލައި ދެގުނަ ބޮޑުކޮށް އާރުޑީސީއާ ހަވާލުކުރީ ޕްލޭނިން މިނިސްޓްރީންނެވެ. އެއަށްފަހު ދެން ފެނިގެންދިޔައީ އެމްޓީސީސީއިން މަޝްރޫއު ކުރިއަށް ގެންދަން ފެށި މައްޒަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: