ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕާތަކުގައި ފާހިޝް އަމަލުތައް ހިންގުން ހުއްޓުވައި ބައިވެރިވާ މީހުންނާ މެދު ފިޔަވަޅު އަޅާނަން: ސީޕީ

ކޮމިޝަނަރ އޮފް ޕޮލިސް, އަލީ ޝުޖާއު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޕާތަކުގެ ނަމުގައި މާލޭގެ ސަރަހައްދުގައި ފާހިޝް އަމަލުތައް ހިންގުން އިތުރުވެފައިވާއިރު އެފަދަ ތަންތަން ދެނެގަނެ ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ހަށިވިއްކާކަމަށް ތުހުމަތު ކުރެވޭ އެކި އެކި ސްޕާތަކާއި، ނުވަތަ ސެލޫންގެ ނަމުގައި އެފަދަ އަމަލުތައް ހިންގާ ތަންތަނުގެ މައްސަލައިގައި އާންމުންގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ. އަދި ފުލުހުން ވެސް ކޯޓު އަމުރުތަކާއި އެކު އެތަނެއްގެ ތެރެ ބަލާ ފަސްކޮށް ދިވެހިން ހިމެނޭ ހެން ވެސް މީހުން ހައްޔަރު ކުރެ އެވެ. އެކަމަކު އެކަށީގެންވާ ގޮތެއްގައި އެފަދަ ތަންތަން ފުލުހުން ބަލައި ފާސް ނުކުރާކަމަށް ނުވަތަ ފިޔަވަޅު ނާޅާކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އާންމުކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް މީޑިއާތަކުން ކުރާ އެއް ސުވާލަކީ މިއީ އެވެ. އަލަށް ކޮމިޝަނަރުކަމަށް ވަޑައިގެންނެވި ޝުޖާއު މަގާމާއި ހަވާލުވުމަށް ފަހު ފުރަތަމަ ފަހަރަށް މިއަދު މީޑިއާތަކާއި ބައްދަލު ކުރައްވައި މަސައްކަތާއި ގުޅޭގޮތުން ތައާރަފެއް ދެއްވި އެވެ. ސުވާލު ކުރުމުގެ ފުރުސަތު ނުދީ ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ގާނޫނީ ގޮތުން ފުލުހުންނަށް ގިނަ ޒިންތަކެއް މަތިކޮށްފައިވާއިރު ރައްޔިތުގެ ކަންބޮޑުވުންތައް ގުޅިފައިވާ ކަންކަން މީގެ ކުރިން އަޅާނުލައި ދޫކޮށްލެވިފައި ވެސް އެބަހުރިކަމަށެވެ. އެކަމަކު ކުރިޔަށް އޮތްތަނުގައި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއި ވިދާޅުވީ ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން ސްޕާތަކުގައި ފާހިޝް އަމަލުތައް ހިންގުން ހުއްޓުވާނެކަމަށެވެ. އަދި އެފަދަ ތަންތަން ދެނެގަތުމަށް މިހާރު ވެސް މަސައްކަތް ފަށައިގަނެފައިވާކަމަށާއި އެފަދަ ވިޔަފާރިތައްކޮށް އިސްކޮށް އުޅޭ މީހުންނާއި މާލީ ގޮތުން މަންފާ ނަގާ މީހުން ހޯދައި ފިޔަވަޅު އަޅާނެކަމަށް ސީޕީ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މިކަމުގައި މަސައްކަތް ކުރާނެކަމަށް ފުލުހުންގެ އިދާރާއިން ބުނި ނަމަވެސް އެދެވޭ ނަތީޖާތަކެއް ނެރެވިފައި ނުވެ އެވެ. ޓެރެގްރާމް ގުރޫޕުތައް މެދުވެރިކޮށް މިފަދަ ވިޔަފާރިތައް ކުރުމާއި ސްޕާތަކާއި، ސެލޫންގެ ނަމުގައި ވިޔަފާރިތައް ރެޖިސްޓްރީ ކުރުމަށް ފަހު ތަނުގެ ތެރޭގައި ގާނޫނާއި ހިލާފު އަމަލުތައް ހިންގާތީ އެކަމުގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތްކަން ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސްޕާރ އެކަންޏެއް ނޫން. ކަރޯކޭ ރޫމް ތަކަކީވެސް ޒިނޭ ކުރުމަށް ތައްޔާރުކުރެވިފައިވާ ތަންތަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: