ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރުގެ އަމާޒު 2024 ގައި ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ގެނައުމަށް!

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް، އައު މާކެޓުތަކަށް ހަރަކާތްތައް ހިންގައި 2024 ގައި ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒުގައި މަސައްކަތް ކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ކޮވިޑު-19 އާއި އެކު ފަތުރުވެރިކަމުގެ އަދަދުތައް ދަށްވުމަށް ވުމަށްފަހު އަހަރު ނިންމާލީ ފުރަތަމަ ފަހަރަށް އޭގެ ކުރީން އަންނަމުން އައި އަދަދުތަކަށް ވުރެ ކުރިޔަށް ޖެހިލުމަށް ފަހު އެވެ. އެގޮތުން ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް އައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރަ އެވެ. 2023 ނިމުނުއިރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިންގެ އަދަދު އަރައެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ރަޝިއާ – ޔޫކްރެއިންގެ ހަނގުރާމައާއި އެކު މާކެޓަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ފަތުރުވެރިން ދަތުރު ކުރުން ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާ ކަމަށެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް އައު މާކެޓުތަކަށް އަމާޒު ހިފުން މުހިންމުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެމްއެމްޕީއާރުސީ އާއި ގުޅިގެން ހަރަކާތްތައް ހިންގުމަށް މަޝްވަރާތައް ކުރެވެމުން ދާކަމަށެވެ. ކުންފުނި ހިންގުމާއި ހަވާލުވެ ހުންނެވި ފާތިމަތު ތައުފީގަށް ތައުރީފު ކުރައްވައި މިނިސްޓަރ ވިދާޅުވީ އެއ ވަރަށް ގާބިލު މެނޭޖިން ޑިރެކްޓަރެއްކަމަށާއި ނަތީޖާ ނެރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މި މަސައްކަތާއި އެކު ޓޫރިސްޓުންގެ އަދަދު ދެ މިލިއަނަށް އެރުމުގެ ފުރުސަތު އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އިގްތިސާދަށް ހާއްސަ އިސްކަމެއް ދެއްވާކަމަށާއި އެ މަސައްކަތުގެ ތެރެއިން ޓޫރިޒަމަށް ކައުންސިލެއް އުފައްދައި ހަރަކާތައް ހިންގޭނެ ކަމަށެވެ. އެކަމަށް ކުރެވޭ ބައެއް މަސައްކަތް ހިއްސާ ކުރައްވައި މިނިސްޓަ ވިދާޅުވީ ތަފްސީލީ ކަރުދާހެއް އެކުލަވާލުމަށް ފަހު އީކޯ ޓޫރިޒަމާއި ހެރިޓޭޖު ޓޫރިޒަމް ފަދަ ދާއިރާތައް ތައާރަފުކޮށް ފަތުރުވެރިންނާއި ހަމައަށް ގެނެސްދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އިތުރު މާކެޓުތައް ތައާރަފު ކުރުމުގެ ވާހަކަތައް މިނިސްޓަރ ފާހަގަކުރެއްވިއިރު ރާއްޖެއަށް އާންމުކޮށް އެންމެ މަގުބޫލު ޑެސްޓިނޭޝަންތަކަކީ ރަޝިޔާ، ޗައިނާ ފަދަ ދައުމުތަކެވެ. އެކަމަކު ރަޝިޔާ – ޔުކްރެއިން ހަނގުރާމައާއި އެކު އަދަދުތަކުން ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ފާހަގަކުރެވެ އެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާއިންނެވެ. އެއީ 193،236 ފަތުތުރުވެރިންނެވެ. އަދި ލިސްޓުގައި ދެވަނައަށް އޮތް އިންޑިއާއިން ރާއްޖެއަށް ވަނީ 1895،987 ފަތުރުވެރިން ރާއްޖެ އައިސްފަ އެވެ.

ކޮވިޑަށް ފަހު ރަނގަޅުވަމުން އަންނަ ޗައިނާ މާކެޓު މިވަގުތު އޮތީ ތިންވަނައިގަ އެވެ. އެއީ 176،803 ފަތުރުވެރިންނާއި އެކު އެވެ.

މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާ އެވެ. އެކަމަކު ކޮވިޑު-19 އަށް ފަހު އައި ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެ ގައުމުގެ ދަތުރުތައް ފެށީ 2023 ގެ ޖެނުއަރީ މަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: