ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް އަންނަ ހަފްތާގައި އިއުލާނު ކުރަނީ

ރިޔާސީ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށް ދަނީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހެއް މި ފެށޭ ހަފްތާގައި އިއުލާނު ކުރުމަށް އިލެކްޝަން ކޮމިޝަނުން ބޭއްވި އިންތިހާބާއި ބެހޭ ޖަލްސާގައި ނިންމައިފި އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަންނަ މޭއި މަހު ހަމާވާއިރު، ގާނޫނު ބުނާގޮތުގައި ހިނގަމުންދާ ދައުރު ނިމެން 120 ދުވަހަށްވުމާއި އެކު 10 ދުވަހުގެ ތެރޭގައި އިންތިހާބަށް ހުޅުވާލަން ޖެހޭނެ އެވެ. ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނެކަމަށް ބެލެވެނީ މާޗު 10 އަށެވެ.

އިންތިހާބު ބާއްވާނެ ތާރީހަކާއި މެދު ވަރަށް ބޮޑަށް ހިޔާލުތަފާތުވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އެކި ދާއިރާތަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ޖެނުއަރީ 10 ގައި އާންމު ކުރުމަށް ކޮމިޝަނުގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ގާނޫނު ބުނާ މުއްދަތާއި އެއްގޮތަށް އިންތިހާބު ތާވަލު ކުރުމުން، އީސީގެ ތާރީހުތަކުން ދައްކަނީ ރޯދަ މަހުގެ ފަހު 10 އެކެވެ. ރޯދަ މަހުގެ ތެރޭގައި މިފަދަ ބޮޑު އިންތިހާބެއް ބޭއްވުން އެއީ އެންމެ ރަނގަޅު ކަމަކަށް ނުވާތީ ކޮމިޓީން ލަފާ ދިނީ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތަށް ފަހު ވެސް ތާރީހުތަކެއް ލިބޭތީ އެ ދުވަސްވަރު ވޯޓުލުން ކުރިޔަށް ގެންދިއުމަށެވެ. އެކަމަކު އެކަމަށް އީސީ އެއްބަހެއް ނޫނެވެ.

މީގެ ކުރިން ވެސް ރޯދަ މަހުގެ ތެރޭގައި ބައެއް އިންތިހާބުތައް ބޭއްވިއިރު، ތާރީހުގެ މައްސަލައިގައި ބޭއްވި ކޮމިޓީގައި ކުރީގެ އިންތިހާބުތަކުގެ ތަޖުރިބާގެ އަލީގައި ކޮމިޝަނުގެ ރއީސް ފުއާދު ތައުފީގު ވިދާޅުވީ ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ދަށްވި ކަމަށެވެ. އަދި ގޭތެރޭގެ މަސައްކަތައް ހުރި ގޮތުންނާއި، ވަޒީފާގެ ގޮތުން ވެސް ގިނަ ބަޔަކަށް ވޯޓު ލާން ދިއުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނުކަން ފުއާދު ފާހަގަކުރެއްވި އެވެ. ބައި އިލެކްޝަނުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދުގެ ސަބަބުންނާއި، ނަތީޖާއަށް ބަލައި ސިޔާސީ ޕާޓީތަކުން އެކަމުގެ ކަންބޮޑުވުން ހުށަހެޅިކަމަށް ފުއާދު ވިދާޅުވި އެވެ.

ކޮމިޝަނުގެ ވާހަކަ ގަބޫލު ކުރުމަށް ދެކޮޅު ހަދައި މެމްބަރުން ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހާއި މެދު ސުވާލު އުފެދެން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. އަދި މެމްބަރުންގެ ހިޔާލުގައި ވިދާޅުވީ ރޯދަ މަހު އިންތިހާބު ބޭއްވުމުގައި މައްސަލައެއް ނެތްކަމަށާއި، އަދި ރޯދައަށް ފަހު އިންތިހާބު ބޭއްވުމުގައި ވެސް މައްސަލައެއް ނެތްކަމަށެވެ. ނުވަތަ އެކަމަށް އޮތް ހުރަހެއް ނެތްކަމަށް ވިދާޅުވި އެވެ. މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުން ވަނީ އީސީން ބޭނުންވާ ގޮތަކަށް، ބޭނުން ތާރީހެއްގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް ކުރާކަމުގެ ތުހުމަތުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: