ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް!

ރަައީސް ޑރ. މުހައްމަދު މުއިއްޒު އާއި އާބަންކޯގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިއަދު ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ރައީސް މުއިއްޒު އެކުލަވާލެއްވި “ދިވެހިންގެ ރާއްޖެ” މެނިފެސްޓޯގައި އާބަންކޯ އަތުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތައް ނެގުން ވަނީ ހިމަނާފަ އެވެ. އެ ހުރިހާ މަސައްކަތެއް ސިޓީ ކައުންސިލުން ބެލެހެއްޓުމަށް ރައީސް މުއިއްޒު ހުށަހެޅުއްވި އިރު މީގެ ކުރިން ވެސް މި މައުޟޫއުގައި އެކި ގޮތްގޮތުން ވަނީ ވާހަކަ ދެކެވިފަ އެވެ. ރައީސް މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވެސް އެކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވައި ވާހަކަ ދެއްކެވި އެވެ.

އާބަންކޯގެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ހިންގަމުން ދިޔަ ދުވަސްވަރު އެ ކުންފުނީގެ އަތުން ހުޅުމާލޭގެ ރަޖިސްޓްރީ ނަގައި މާލެ ސިޓީ ކައުންސިލަށް ބަދަލު ކުރި މައްސަލައިގައި ގާނޫނީ ގޮތުން ބޮޑު ކޯޅުންތަކެއް ވެސް އުފެދުނެވެ.

 

މިއަދު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ކުރިޔަށް ގެންދިއުމަށް ފަހު، ނިންމި ނިންމުންތައް ހާމަކުރައްވައި ރައީސް ވިދާޅުވީ ގާނޫނުން އެކަމަށް ތަންދޭކަމަށާއި އެހެން ކަމުން މާދަމާއިން ފެށިގެން މުނިސިޕަލް ހިދުމަތްތައް ބަދަލު ކުރުމަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތަކުގެ ބައިތައް ފެށޭނެ ކަމަށެވެ. އަދި ވިދާޅުވީ އޮފީސްތައް ބަދަލު ކުރުމާއި ބޭނުން ކުރާ ސާމާނުތައް ބަދަލު ކުރުން މަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިއީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަމަށާއި، ނިންމާއި ބެހޭ އިތުރު ތަފްސީލުތައް ހާމަކުރައްވާނެ ކަމަށެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: