ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްޕޯޓު މިނިސްޓްރީގެ ހިދުމަތްތައް އެއް ޕޯޓަލްއަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަނީ!

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓު މިނިސްޓްރީއިން ދެމުންދާ ހުރިހާ ހިދުމަތެއް އެއް ޕޯޓަލްއަކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވީ މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ހިދުމަތްތަކަކީ އޮންލައިންކޮށް ދެވޭ ހިދުމަތްތަކެއްކަން ފާހަގަކުރައްވާ، މިނިސްޓަރު ވިދާޅުވީ ތަފާތު ޕޯޓަލްތަކުން އެމަސައްކަތް ކުރަމުންދާތީ ކުރިމަތިވާ އުނދަގޫތަކެއް އެބަހުރިކަމަށެވެ. މިހާރު ދަނީ އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެއް ޕޯޓަލްއެއް މެދުވެރިކޮށް ހުރިހާ ހިދުމަތެއް ދެވޭނެ އިންތިޒާމްގެ ހިދުމަތް ހަމަޖައްސުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތް 3 މަސް ނުވަތަ 4 މަސްތެރޭ އެއް ޕޯޓަލްއަކުން ހުރިހާ ޚިދުމަތެއް ލިބޭގޮތެއް ހަމަ ޖެއްސުމަކީ އަމާޒުކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީގެ ތަސައްވުރު ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ގިނަ މަސައްކަތަކެއް އެބަހުރިކަމަށާއި، އެގޮތުން އެތެރޭގެ ހިންގުމުގެ ނިޒާމުވެސް ރަނގަޅުކުރެވެން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ނޫން ގޮތަކަށް މިނިސްޓަރީއަށް އަމާޒުވާ ތުހުމަތުގެ އިނގިލިތަކުން ސަލާމަތްވެވެން ނެތްކަމަށވެސްް ވިދާޅުވިއެވެ.

އަޅުގަނޑުމެން މިހާރު ގެންނަން އެންމެ ފުރަތަމަ ބަދަލެއްގެ ގޮތުގައި އައިޓީ އަދި ޕީއާރު ސެކްޝަނެއް އުފައްދަން ޖެހޭ، އެ ސެކްޝަން މިހާރު އޮންނާނީ އުފެއްދިފައި.

އަމީން ވިދާޅުވިއެވެ.

އެގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި އައިޓީ އަދި ޕީއާރު ސެކްޝަނެއް އުފެއްދުން ހިމެނޭކަމަށް ވިދާޅުވިއެވެ. މިނިސްޓްރީގެ އޮންލައިން ސާވިސްތައް ދެމުންދާ ނިޒާމު އެހާ ރައްކާތެރި ނޫންކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިހާރު ބޭނުންކުރެވޭ މެޓްރިކްސް ސިސްޓަމްތަކުގެ “ބެކްއެންޑުން” ވަދެގެން ގޯސްތަކެއް ހަދާކަމުގެ ޝައްކުތަކެއް އެބަހުރިކަމަށެވެ. މިކަންކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަދާނެކަމަށާއި، އެހެންކަމުން މިނިސްޓްރީގެ އޮޑިޓެއް މިހާރު ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. 60.000 ވެހިކަލް މާލެ އައް ރަޖިސްޓްރީކުރި ބާކީ 42.000 ރައްތަކައް ރަޖިސްޓްރީކޮއްލާފަ އަލުން މާލެ އެރުވުނު 2003 ގެ ފަހުން އުފަންވެފަ ހުންނަ އުމުރު ހަމަވެ ބާވެފަ ހުރި ކާރުތައް ރާއްޖެ ގެނެސް އާ ކާރެއްގެ ނަމުގަ ރަޖިސްޓްރީ ކުރީ ޗެސިސް އާއި އެތި އުފެއްދި ތާރީހު ނުބަލާ ބާކާރުތައް މޮޑިފައިކޮއްލާފަ އިންޖީނު ބަދަލުކޮއްލާފަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: