ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިޑިންގ ސިސްޓަމެއްގެ ދަށުން ޑޮމެއިން ނަންބަރު ވިއްކަން ހުޅުވާލަނީ!

ޓޫރިޒަމް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ބިޑިންގް ސިސްޓަމެއްގެ ދަށުން ޑޮމެއިން ނަންބަރު ވިއްކަން ހުޅުވާލާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ސަރުކާރުން މިނިސްޓްރީއާއި ހަވާލުވިއިރު، ޑޮމެއިން މަސައްކަތް އޮތީ ވަގުތީ ގޮތުން ހުއްޓާލެވިފައިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް ބިޑިން ސިސްޓަމްއެއްގެ ދަށުން ހުޅުވާލާނެކަމަށެވެ. މި މަސައްކަތް ދެން ކުރިއަށް ގެންދާނީ ފުރިހަމަ ނިޒާމެއްގެ ދަށުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ދެ މަސް ތެރޭ ޑޮމައިން ދޫކރުުމުގެ މަސައްކަތް ފެށޭނެކަމަށާއި، މިކަން ދެން ކުރާނީ ޒަމާނީ ނިޒާމެއްގެ ތެރެއިންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަނގަޅު ބިޑިން ސިސްޓަމަކާއެކީގައި އުސޫލެއްގެ ތެރެއިން އާ ކޮންސެޕްޓަކާއެކީގައި ޑޮމެއިންގެ ހިދުމަތް އަލުން ދިވެހި ރައްޔިތުންނަށް، ބޭނުންފުޅުވާ ހުރިހާ ބޭފުޅުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ވާހަކަ ދަންނަވަން.

މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރީގައި ޑޮމެއިން ނަންބަރު ދޫކޮށްފައިވަނީ ސައްހަ ގޮތުގައިތޯ ސުވާލު އުފެދޭކަމަށެވެ.

އެހެން ނަމަވެސް މިހާރު ޑޮމައިން ދޫކޮށްފައިވާ އެއްވެސް ފަރާތެއްގެ އަތުން، އަނބުރާ މިނިސްޓްރީއަށް ނަންބަރު ނުނަގާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: