ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ސަބްމެރީން ކޭބަލް ދ. ކުޑަ ހުވަދޫއަށް!

އުރީދޫގެ ސަބްމެރީން ކޭބަލް ނެޓްވާކް އިތުރަށް ފުޅާކުރުމުގެ މަސައްކަތް
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫގެ ސަބްމެރީން ކޭބަލް ނެޓްވާކް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ފަށައި، ދ. ކުޑަ ހުވަދޫ އަށް ސަބްމެރިން ކޭބަލް އެއްގަން ކޮށް، އެރަށުގައި ގާއިމް ކޮށްފައިވާ އުރީދޫގެ ލޭންޑިންގް ސައިޓާއި ގުޅާލައިފިއެވެ.

މި މަސައްކަތަކީ ދިވެހިރާއްޖޭއަށް އުރީދޫއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކޮށް ފުޅާކުރުމަށް ކުރާ މަސައްކަތެކެވެ..  އުރީދޫގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެއް ފެންވަރެއްގެ ހިދުމަތްތަކެއް ފޯރުކޮށް ދީ، އަދި ރާއްޖޭގެ ރައްޔިތުން ގުޅުވައިދީ، މުއާސަލާތީ ގުޅުން ފުރިހަމަ ކޮށްދީ، ޒަމާނީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އުރީދޫ ސަބްމެރިން ކޭބަލްގެ ވިއުގަ މިއަދު މިވަނީ ދ. ކުޑަހުވަދޫއަށް ގުޅާލެވިފައި. މިއީ ދިވެހިންގެ  ކުރިއަރަމުން އަންނަ ދިރިއުޅުމުގެ ހަލުވިކަމާ އެއްވަރަށް، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް، މުޅި ރާއްޖެއަށް ދެމުންދާ ޚިދުމަތްތައް ރަގަޅުކުރުމަށް މެދުނުކެނޑި ކުރަމުންދާ މަސައްކަތުގެ އެއް ހަރުފަތް. މި ގުޅާލެވުނު ކޭބަލްގެ ސަބަބުން ކުޑަހުވަދޫ އަށާއި ހުރިހާ ރައްޔިތުންނަށްވެސް އިތުރު ފަސޭހަ ވެގެންދާނެކަމުގެ ޔަގީންކަން އަރުވަން. މި މަސައްކަތުގައި ދ. ކުޑަހުވަދޫ ކައުންސިލުން ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.

ކުޑަ ހުވަދޫ އަށް އުރީދޫގެ ސަބްމެރިން ކޭބަލް ގުޅާލުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، އުރީދޫގެ ޗީފް ކޮމާރޝަލް އޮފިސަރ ހުސެން ނިޔާޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: