ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ހުރިހާ މަގުތަކެއް ހެދުމަށް 100 މިލިއަން ޑޮލަރު އަރާ: ވަޒީރު މުއްތަލިބު

ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ހުރިހާ މަގުތަކެއް ހަދަން ފެށުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު އަރާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އިބާރާހިމް މުއްތަލިބު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދަކީ މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން ކަމަށެވެ.

މުއްތަލިބް ވިދާޅުވީ މާލޭގެ މަގުތައް ހެދިގެން ދާނީ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުން ހިމެނޭ ގޮތަށެވެ. އަދި ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމު ވެސް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

މުއްތަލިބް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ ތެރޭގައި އުތުރު ފަރާތުގެ ކީ ވޯލް ބޭރަށް ޖައްސައި މަގު ފުޅާ ކުރުން ވެސް ހިމެނޭ ކަމަށާއި އަދި މާލެ އަށް ހައްލެއް ލިބިގެން އަންނާނީ ހުރިހާ މަގުތަކެއް ހަދައި ހުރިހާ ތަނެއްގައި ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމެއް ގާއިމު ކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންވީމަ އެ މަސައްކަތަކީ ވަކި ދިމާތަކުން ހައްލެއް ހޯދުމަށް ވުރެ މުޅި މާލެ އިން އެއްކޮށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރާނެ ކަމެއް. މީގެކުރިން ފެން ބޮޑުވުމުގެ ހާދިސާއެއް ދިމާވެދާނެ ކަމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރާނަން. މުއްތަލިބް ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހު މާލެ އަށް ކުރި ވިއްސާރައިގައި މާލޭގައި ފެން ބޮޑުވެ، 164 ގެއަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވެއެވެ. ފެން ބޮޑުވެގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އަށް ރިޕޯޓު ކުރީ މާފަންނުގެ 53 ގެއަކަށާއި ގަލޮޅުގެ 43 ގެއަކާއި ހެންވޭރުގެ 32 ގެއަކާއި މައްޗަންގޮޅިގެ 12 ގެއަކުންނެވެ. ވިއްސާރައިގައި ފެން ބޮޑުވެގެން ގެއްލުން ލިބުނު 70 ގެއަކަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދިނުމަށް އެންޑީއެމްއޭ އިން ވަނީ ނިންމައިފައެވެ.

މާލެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގޭގެއަށް އެކިވަރުގެ ގެއްލުންތައް ލިބުނެވެ. ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބައްލަވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: