ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭވާލާނެ ޖާގައެއް ނެތް ވަރަށް، ވެހިކަލްތަކުން މާލެ ތޮއްޖެހެނީ!

މާލެ މަޖީދީ މަގު. ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުވަހެއް ދުވަހަކަށް މާލޭގައި އެއްގަމު އުޅަނދުފަހަރު ގިނަ ވަމުން އަންނައިރު، ނޭވާ ލާނެ ތަންކޮޅެއްވެސް ނެތެވެ. މުޅި މާލެ އެކީ ތޮއްޖެހި ފުރި ބާރުވަނީއެވެ. މާލެއެއް ހުޅުމާލެއެއް ކިޔާނެ ކަމެއް ނެތެވެ. ގަނޑިއަށް ވަޒީފާއަށްދާން ނިކުންނަ މީހާ، ސައިކަލު ޕާކު ކުރި ތަނުން ނެރުމަށް އެތައް ވަގުތެއް ހޭދަވާއިރު، މަގުމައްޗަށް ނިކުތުމަށްފަހު ސައިކަލު އިންތަނުން ގުޑުވާލަންވެސް އެތައް ވަގުތެއް ނަގައެވެ. ބޮޑެތި ޕިކަޕްތަކާއި، ކާރުތަކާއި ސައިކަލުތަކުގެ އިިތުރުުން ބަސްތަކުގެ ސަބަބުން މުޅި މަގުމަތި އޮންނަނީ ފުރާލާފައެވެ.

ޓްރެފިކް ޖޭމްވެ، ދާ ތަނަށް ނުދެވި އެތައް އިރެއް މަޑުކުރަން ޖެހޭފަހަރުވެސް މަދެއް ނޫނެވެ. ގަނޑިއަށް ތަންތަނަށް ދާން ޖެހޭ މީހާއަށް މިއީ ވަރަށް ބޮޑު ދައްޗެކެވެ. އަދި ދާ ތަނަކަށް ދިއުމަށްފަހު ޕާކް ކުރުމަށް ޖާގަ ހޯދުމަކީ ބިންމަތިން ވެލި ގުނުންހާ އުނދަގޫކަމަކަށްވެއެވެ.

މަގުގެ ދެ ފަރާތުގައި ސައިކަލުތަކާއި، ކާރުތައް އަދި ޕިކަޕުތައް ޕާކްކޮށްފައި ހުންނައިރު، ހިނގާ ބިނގާވެ އުޅޭ މީހާއަށާއި، ދުއްވާފައި ދާ ތަކެއްޗަށްވެސް އެކަށީގެންވާ ޖާގައެއް ނުލިބެއެވެ. މިފަދަ ސަބަބުތަކާއި ހުރެ ހިނގާފައި އުޅުމަކީ މާ ދަތިކަމަކަށްވެފައި އޮތުމުގެ ސަބަބުން ސައިކަލެއް ނުވަތަ ކާރެއްގައި ނޫނީ ދަތުރުފަތުރެއް ނުކުރެވެއެވެ. އަދި ޓެކްސީއެއް ހޯދުމަކީ މި މާލޭގައި ބޮޑު އުނދަގުލަކަށްވެފައި އޮންނަކަމެއްކަމުން، އަމިއްލަ އުޅަނދެއްގެ ބޭނުން އިހުސާސް ކުރެވެއެވެ.

ވަޒީފާއަށާއި، ކިޔެވުމަށާއި އަދި އެނޫންވެސް ދިިރިއުޅުމުގެ ބޭނުންތަކަށް މާލެއާއި ހުޅުމާލެ ދެމެދު ދަތުރުފަތުރު ކުރަން ޖެހޭއިރު، އަމިއްލަ އުޅަނދެއް ނެތުމަކީ އުނދަގޫކަމެއްކަމުން ވެހިކަލްތައް އެތެރެ ކުރާ މިންވަރުވެސް ވަނީ އިތުރެވެެ. ޕަބްލިކް ޓްރާންސްޕޯޓުވެސް ދެމުން އަންނަނީ އެންމެ ހަރުދަނާ އުސޫލުގެ ދަށުން ނޫންކަމުން، ތަން ތަނަށް ދިއުމުގައި ޕަބްލިކް ޓްރާންސްޕޯޓަށް ބަރޯސާވުމަކީ ދަތިކަމެކެވެ.

އެންމެ މައްސަލައެއްގެ ސަބަބުން އެތައް މައްސަލައެއް ކުރިމަތިވާފަދަ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެކެވެ.

9ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ މައްސަލަ ކުރީގައި އޮތީ މާލެއަކީ ނޫޅެވޭ ތަނަކަށް ވާނެކަމުގެ ބިރު އޮންނަ ވަރުގައިކަމަށެވެ.

ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ދުރު ރާސްތާގެ މަސައްކަތްތަކާއި، ކުރު ރާސްތާގެ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން ފެށުނު އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ދަށުން ޓުރެފިކުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މާލޭ ސަރަހައްދަށް އެތެރެވާ އުޅަނދުފަހަރު ރެގިއުލޭޓު ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އަމީން ވިދާޅުވިއެވެ.

މީގެ ކުރީގައި ވެހިކަލްތައް ރަޖިސްޓްރީ ކޮށްފައިވަނީ އާދަޔާ ހިލާފަށް ގިނައިންކަމަށާއި، އެގޮތުން 200 އާއި ކައިރި ކުރާ އަދަދަކަށް ދުވާލެއްގެ މައްޗަށް ރަޖިސްޓްރީވަމުން ދިޔަކަމަށް ވިދާޅުވިއެވެ. ނަމަވެސް މި އަދަދު މިހާރު 25 އާއި 30 އާއި ދެމެދުގެ އަދަދަކަށް ދަށް ކުރެވިފައިވާކަމަށް އަމީން ވިދާޅުވިއެވެ.

އެބަހުރި ސްޓެޓިސްޓިކްސްއިން ފެންނަން ގާތްގަނޑަކަށް 200 ވަރަކަށް ވެހިކަލް ވެސް ދުވާލެއްގެ މައްޗަށް 300އާ ކައިރިކުރާ އަދަދަކަށް ވެސް ރަޖިސްޓްރީކުރަމުން ދިޔަކަން. މިހާރު އަޅުގަނޑުމެން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން އެ ރޭޓު ވަރަށް ދަށްވެފަ، ގާތްގަނޑަކަށް 30 އަކަށް، 25 އަކަށް ވެހިލާއި ހިސާބަށް ދަށް ކުރެވިފަ.

އަމީން ވިދާޅުވިއެވެ.

މިނިސްޓްރީގެ ނިޒާމު ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައްކޮށް، ފިޔަވަޅުތައް ހަރުދަނާ ކުރައްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި މަގުން ހަރުދަނާ، ދެމެހެއްޓެނިވި މަސައްކަތްތަކެއް ނުކުރެވިއްޖެނަމަ، ހަގީގަތުގައި މާލޭގައި އުޅުމަކީ މިހާރަށްވުރެ މާ ދަތިކަމަކަށްވެދާނެއެވެ. އެތައް ސަބަބުތަކަކަށްޓަކައި މާލެއަށް ބަރޯސާވާން ޖެހޭއިރު، މާލޭގެ ހާލަތު ރަނގަޅު ކުރުމަށް ހާއްސަ އިސްކަމެއް ދިނުމަކީ މުހިންމުކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: