ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލްގެ ދެ މެމްބަރެއް ޕީއެންސީއަށް!

ޕީއެންސީއާއި ގުޅިވަޑައިގެންނެވި ކައުންސިލްގެ ދެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ ދެ މެމްބަރަކު، ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންފި އެވެ.

މި މަހުގެ 13 ވަނަ ދުވަހު ބާއްވާ މާލޭގެ މޭޔަރުކަމުގެ އިންތިހާބުގެ ބައި އިލެކްޝަނުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ލޯންޗުކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން ދައުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިރޭގެ ޖަލްސާގައި ޕާޓީއަށް ސޮއު ކުރެއްވި ދެ ބޭފުޅުނަކީ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު އައިޝަތު ނިޒްލީ ރަޝީދާއި، ގަލޮޅު މެދު ދާއިރާގެ ކައުންސިލް މެމްބަރު ރީހާން ނާޒިމެވެ. އެމްޑީޕީ ދުކުރައްވައި ނިޒްލީ ޕީއެންސީއާއި ގުޅިވަޑައިގެންނެވި އިރު ރީހާން ޑިމޮކްރެޓްސް ޕާޓީން ވަކިވެވަޑައިގެންނެވިތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

މި ޖަލްސާގައި އިތުރު އެހެން ޒުވާނުންތަކެއް ވެސް ޕީއެންސީއާއި ވަނީ ގުޅިފަ އެވެ.

މީގެ ކުރިން ވެސް ޕީޕީއެމް/ޕީއެންސީގެ ބޮޑު އަޣުލަބިޔަތެއް އޮތް ކައުންސިލްގައި ދެން ހުންނަވާނީ އެމްޑީޕީގެ އެންމެ މެމްބަރެކެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށިއިރު ހަތަރު ހާސް މެމްބަރުން ވެސް ހަމަނުވާ ޕީއެންސީގެ ދަފްތަރުގައި މިހާރު 40،000 އަށް ވުރެ ގިނަ މެމްބަރުން އެބަތިބިކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: