ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ތެރެއިން ވެސް ކަންކަން ކުރަނީ ޑިމޮކްރަސީއާއި ހިލާފަށް: ރައީސް

ޑރ. މުއިއްޒު، ރައީސްގެ ހުވާ ކުރެއްވުމަށްފަހު އެ މަނިކުފާނުގެ ނައިބު ރައީސް ހުސެއިން އަދި މަޖިލީހުގެ ރައީސް އަސްލަމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ޑިމޮކްރެސީއާއި، ގާނޫނުތަކާއި ހިލާފަށް ކަންކަން ހިންގާއިރު ސަރުކާރު ނޫން ކެންޑިޑޭޓެއް މާލޭގެ މޭޔަރަކަށް ހޮވައިގެން ވެސް ކުރާނީ ޖެއްސުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ތެރެއިން ޑިމޮކްރަސީއާއި ބީރައްޓެރި އަމަލުތައް ފެންނަމުންދާކަމަށް، ރައީސް މިއަދު ވިދާޅުވީ މަލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ސަރުކާރުގެ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ޖަލްސާއެއްގަ އެވެ. ހުޅުމާލެ – ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ރައީސް ދެއްކެވި ވާހަކައިގައި ވިދާޅުވީ ސަރުކާރަށް ޖެއްސުން ކުރުމާއި އުނދަގޫ ކުރުމުގެ ވިސްނުމެއްގައި މަގާމަކަށް ވާދަކުރާނަމަ އެއީ ގޯހެއް ކަމަށެވެ.

ހުވާ ކުރެއްވިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް ކެބިނެޓަށް ރުހުން ނުދީ ހިފަަހައްޓާފައިވާއިރު އެ މަސައްކަތް މަޖިލީހުގައި ދެން ތާވަލު ކުރެވޭނެ ދުވަހެއް ނޭނގެ އެވެ. ވަޒީރުންނަށް ރުހުން ނުދޭނެކަމަށް ބުނެ، އެމްޑީޕީގެ މެމްބަރުން ސަރުކާރަށް ބަހުގެ ހަމަލާތައް އަމާޒު ކުރިއިރު ކޮމިޓީން ދާދި ފަހުން ވަނީ ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ފާސްކޮށްފަ އެވެ. އެކަމަކު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލިސް މިވަގުތު އޮތީ ޗުއްޓީގައިކަމަށްވުމާއި އެކު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނެ ތާރީހެއް ދަންނަވަން ނޭނގޭ ކަމަށެވެ.

މޭޔަރުގެ އިންތިހާބަށް އިޝާރާތް ކުރައްވައި، ރައީސް ވަނީ އެކަން މިސާލެއްގެ ގޮތުގައި ނަންގަވައި ސަރުކާރަށް ޖެއްސުން ކުރުމުގެ ސިޔާސަތުތަކެއްގެ ތެރެއިން ހިދުމަތްތައް ދޭން އުނދަގޫވާނެކަން ފާހަގަކުރައްވާފަ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިއަށް ރައްޔިތުން ބޭނުންވާ ތަރައްގީގެ ގިނަ ކަންކަން ހުރިއިރު ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ނަތީޖާއެކޭ އެއްގޮތަށް ތަފާތު ބޮޑު އަޣުލަބިއްޔަތެއް ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ވެސް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވީ ހިޔާ ފްލެޓަށް ލިފްޓު އިތުރު ކުރުމަށްވި ވައުދާއި އެއްގޮތަށް، އާބަންކޯއިން އެ މަސައްކަތް ބަޔަކާއި ހަވާލުކޮށް އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާއަށް ގޮސްފައިވާ ކަމަށެވެ. އަދި އަވަސް މުސްތަގުބަލެއްގައި އެކަން ނިމިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާ ފްލެޓު ސަރަހައްދަށް މާސްޓަރ ޕްލޭނާއި އެއްގޮތަށް ފުރިހަމަކަމާއި އެކު ދޭން ޖެހޭ ހިދުމަތްތައް ހުރިއިރު ރައީސް ވިދާޅުވީ މި ސަރަހައްދަށް އަދި އިތުރު ދެ ސްކޫލު ބޭނުންވާކަމަށާއި ހޮސްޕިޓަލްތަކާއި އެކި ޒަރޫރީ ހިދުމަތްތައް އެތައް ހާސް ރައްޔިތުންތަކެއް ދިރިއުޅޭތަނެއްގައި ހުންނަން ޖެހޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ކައުންސިލެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންގެ ޝަކުވާތައް ހޯދައި، އެކަމަށް ހައްލު ގެނެސްދެއްވާނެ ޕްލޭންތައް އެކުލަވާލުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކޮންމެ ދާއިރާއަކަށް ވަކިން ހާއްސަ ކުރެވިގެން މަންދޫބެއް އައްޔަނުކޮށްފައިވާއިރު މޭޔަރަކީ އެއީ އެތައް ޒިންމާތަކެއް އަދާ ކުރަން ޖެހޭ އަދި، ބޮޑު މަސްއޫލިއްޔަތެއް އޮތް ފަރާތެއްކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބޭނުންވާ ގޮތަށް ރައްޔިތުންނަށް ހިދުމަތް ދެވޭނީ، ހިފެހެއްޓުމެއް ނެތި ހިދުމަތް ދިނުމުގެ ސިޔާސަތާއި ވިސްނުން ގެންގުޅޭނަމަ އެވެ.

އެހެން ކެންޑިޑޭޓުންގެ އަމަލާއި ބަސް، ހުރީ ކިހިނެއްކަން ތިބޭފުޅުންނަށް އެބަ އިނގޭ ނޫންތޯ.. މަޖިލިސް ތެރެއިން ވެސް ކަންކަން ކުރަނީ ޑިމޮކްރަސީއާއި ހިލާފަށް.. ގާނޫނާ ވެސް ހިލާފަށް.. އަދި އެހެނިހެން ކަންކަން ވެސް އެ ގެންދަނީ ރައްޔިތުންގެ ވިންދާ އެއްގޮތަކަށް ނޫން.. އެހެން ގެންދާ ޕާޓީތަކެއްގެ ތެރެއިން އެ ޕާޓީއެއްގެ ލައިނުން އަންނަ ކެންޑިޑޭޓަކަށް އައިސްދާނެ ސަރުކާރުން ރައްޔިތުންނަޓަކައި ކުރާ ކަންކަމުގައި ހިފެހެއްޓުމެއް..

ރައީސް ވިދާޅުވީ ސިޔާސީ ޕާޓީއަކުން ގެންގުޅޭ ވިސްނުމެއްގެ ސަބަބުން ރައްޔިތުންނަށް ދޭ ހިދުމަތަކަށް މަޑުޖެހުމެއް އައުން ރަނގަޅެއް ނޫންކަމަށެވެ. އެހެންކަމުން ސަރުކާރު ކެންޑިޑޭޓު ހޮވައިގެން ފަސޭހަތަކެއް ވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މާދަމާ ރޭ، ޗައިނާގެ ދަތުރުފުޅަކަށް ފުރާވަޑައިގަންނަވާތީ ރައީސް ވަނީ އާޒިމާއަށް ރައްޔިތުން ވޯޓު ދޭން އެދިވަޑައިގެންފަ އެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ، ވޯޓުލާ ދުވަހުކަމަށްވުމާއި އެކު ދެން އިތުރު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިނުގެންނެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: