ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯދީ އާއި އިންޑިއާއަށް ކުޑައިމީސްކުރުމަކީ ހުތުރު މައްސަލައެއް: ޝާހިދު

އިންޑިއާ ބޮޑުވަޒީރު މޯދީ އާއި އަބްދުﷲ ޝާހިދު
އިންޑިއާ ބޮޑުވަޒީރު މޯދީ އާއި އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއަށް އިހުތިރާމް ކުޑަކޮށް ސޯޝަލްމީޑިއާގައި ޕޯސްޓް ކުރުމަކީ ހުތުރު އަމަލެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރަށް ކުޑައިމީސްކޮށް ވެރިކަންކުރާ ޕާޓީގެ އިސް ބައެއް މެމްބަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ހިންގާފައިވާ އަމަލަށް އަލިއަޅުއްވައި ޝާހިދުވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ހިންގާފައިވަނީ ހުތުރު އަމަލެއްކަމަށެވެ. ޝާހިދު ވިދާޅުވީ އެ މައްސަލައިގައި ޝާމިލުވާ މީހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާކަަމަށެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ ހާދިމުން އަބަދުވެސް ރިވެތި އުސޫލުތަކުގައި ހިފަހައްޓަންޖެހޭނެކަމަށާއި މިހާރު އެއީ ހަމައެކަނި ސޯޝަލްމީޑިއާ އެކްޓިވިސްޓުން ނޫންކަންވެސް ގަބޫލުކުރަންޖެހޭކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ މީހުންނަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމުގެ ޒިންމާ އެޅިފައިވާ މީހުންކަންވެސް ގަބޫލުކުރަންޖެހޭކަމަށެވެ.

ޝާހިދު ވިދާޅުވީ، އިންޑިއާ އަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާއި ގާތް ގުޅުމެއް ބާއްވާފައިވާ ގައުމެއްކަމަށާއި، އެ ގައުމަކީ ރާއްޖެ އަށް އެހީ ފޯރުވުމުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާ ގައުމުކަންވެސް ތާރީހުން ފެނިގެންދާކަަމަށާއި އެ ގުޅުމަކީ އިހުތިރާމާއި ސަގާފަތުގެ އިތުރުން ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުންތަކުގެ މައްޗަށް ބިނާވާ ގުޅުމެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.

އިންޑިއާ އާއި ދެމެދު އުފެދިފައިވާ މައްސަލައާއިމެދު ކުރީގެ މިނިސްޓަރު ޝާހިދު ކަންބޮޑުވުން ފާޅުކުރެއްވިއިރު، ސަރުކާރުންވަނީ އޮފިޝަލުންތައް ހިއްސާކޮށްފައިވާ ހިޔާލު ސަރުކާރުން ނުގެންގުޅޭކަމަށް ބުނެ ބަޔާނެއް ނެރިފައިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 80%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: