ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދު ބަންދުކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފި

ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ބަންދުކުރަން ނެރުނު ކޯޓު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މި މަހުގެ ދެވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހުންނަ އޭނާ އޯޝަންފްރަންޓް ރެޒިޑެންސް އެޕާޓްމެންޓުންނެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ހައިކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ޝާހިދުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ރައްދުވާ ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނީ އިއްޔެއެވެ. ”ސަންގަށް“ އެނގިފައިވާ ގޮތުގައި ޝާހިދުގެ ފަރާތުން އިސްތިއުނާފުކުރަން ހުށަހަޅާފައިވަނީ އޭނާ 30 ދުވަހަށް ބަންދުކުރަން ނެރުނު އަމުރެވެ. އެ މައްސަލަ އަދި ހައިކޯޓުން ބަލައިގެންފައިނުވެއެވެ.

ޝާހިދު ދޫނިދޫގައި ބަންދުގައި ހުންނެވި އިރު، ރޭ ފުލުހުން ވަނީ އެ މައްސަލައިގައި ހެކި ހޯދުމަށް ސޯސަން މަގުގައި ހުންނަ އޭނާގެ ގެކޮޅު ހ. ރަބީއީމަންޒިލް ބަލައިފާސްކޮށްފައެވެ.

އެމްޑީޕީގެ ރިޔާސި ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ޝާހިދު ހައްޔަރުކުރުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އޭނާގެ އަބުރު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގުތަކެއް ކަމަށާއި އެފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި އޭނާއަށް ތާއީދުކުރާ ފަރާތްތަކުންނާއި އާއިލާގެ ބައެއް ފަރާތްތަކުން ވެސް ދަނީ އެއީ ސިޔާސީ ބޭނުމެއްގައި ކުރާ ތުހުމަތުތަކެއް ކަމަށް ބުނެ އޭނާ ދިފާއުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: