ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއީލް ހައްޔަރުކޮށްފިއެވެ.
ފުލުހުން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ އައިމަން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ކަމަށެވެ.
މި މައްސަލައިގައި އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.
އައިމަން ކައުންސިލަށް އިންތިހާބުވީ 2014 ވަނަ އަަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައެވެ.

