ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުލާންގެ ދައުވާތައް އަނބުރާ ގެންދިޔަ ސަބަބާ މެދު ޕީޖީ އޮފީހުގެ ބަހެއް ނެތް!

އާދަމް އަދުލާން ލަތީފް (އ22)
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ވީޑިއޯ ވިއްކުމުގެ ތުހުމަތުކުރެވޭ މައްސަލައިގައި ދައުލަތުން އާދަމް އަދުލާން ލަތީފްގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންގޮސްފިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތ. ވިލުފުށި، މޫނިމާގެ، އާދަމް އަދުލާން ލަތީފް (22އ)ގެ މައްޗަށް ދައުލަތުން އުފުލީ ކުޑަކުދިންގެ އޮރިޔާންކާޑު ކޮމްޕިއުޓާ ސިސްޓަމެއްގައި ބެހެއްޓުމުގެ ދައުވާ އާއި އޮރިޔާންކާޑު އުފެއްދުމުގެ ދައުވާއެވެ.

އެ ދައުވާތައް އަނބުރާ ގެންދަން ޕީޖީ އޮފީހުން ނިންމާފައިވާއިރު، އެ ދައުވާތައް އަނބުރާ ގެންދިޔަ ސަބަބު ހޯދަން ”ސަންގުން“ ގުޅުމުން ޕިޖީ އޮފީހުގެ މީޑިއާ އޮފިޝަލު ފޯނު ނަންގަވާފައި ނުވެއެވެ. އަދި އެ ސަބަބުތައް ސާފުކުރަން ޕީޖީ އޮފީހުގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ސުވާލުކޮށްފައިވާއިރު، އެކަމަށް ވެސް ޖަވާބެއް ދީފައި ނުވެއެވެ.

އެ މައްސަލައިގައި ޕީޖީ އޮފީހުން އެންމެ ފުރަތަމަ ދައުވާ ނުކުރަން ނިންމުމުން، ފުލުހުން ވަނީ މައްސަލަ މުރާޖައާކޮށް ދައުވާކޮށްދިނުމަށް އެދިފައެވެ. އެ ފަހުން ވެސް ދައުވާނުކޮށް އޮތުމަށްފަހު އެންމެ ފަހުން ދައުވާކުރަން ނިންމީ، ދައުވާކުރުމަށް އޮންނަ ގާނޫނީ މުއްދަތު ހަމަވުމާ ގާތަށް ދިޔައިރު ވެސް، ޕީޖީ އޮފީހުން ދައުވާކުރުމާ މެދު ގޮތެއް ނިންމާފައިނުވާތީ މީޑީއާގައި އެ ހަބަރު ގެނެސްދިން ފަހުން ޕީޖީ އޮފީހަށް ކުރިމަތިވި ޕްރެޝަރާއެކުއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އަދްލާން ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިންނެވެ.

އެ މައްސަލައިގައި ފުލުހުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ ވެސް ފެނިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: