މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުގެ ނިންމުންތައް ހިއްސާކުރެއްވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރައީސް މުއިއްޒުވަނީ އެމަނިކުފާނަށް ގާނޫނުއަސާސީއިން ލިބިދީފައިވާ ބާރުގެ ދަށުން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށް ނިންމަވާފައިކަމަށެވެ.
ނާޒިމް ވިދާޅުވީ، އެމަނިކުފާނުވަނީ އޮން ޝޯ ބެންކެއްގެ އޮޕަރޭޝަންނަށް ލައިސެންސް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ގަވައިދެއް އެކުލަވާލުމަށްފަހު އެ މަސައްކަތްތައް ގަވައިދުގެ ދަށުން ކުރިއަށް ގެންދެވުމަށްވެސް އެމަނިކުފާނު ނިންމަވާފައިވާކަމަށް ހިއްސާކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާއި ގުޅޭ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމަށް ބިލެއް ފަރުމާކޮށް ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރުމަށް މަސައްކަތްތައް ކުރެއްވުމަށްވެސް ރައީސުލްޖުމުހޫރިއްޔާވަނީ ނިންމަވާފައިކަމަށެވެ.

