ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގުރައިދޫ މެމްބަރު ހަސަންޓޭވެސް ޕީއެންސީއަށް!

ރައީސް ޑރ މުއިއްޒު އަދި މެމްބަރު ހަސަން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު  ހަސަން އަހްމަދު ޕީއެންސީ އާއި ގުޅިވަޑައިގެންވިއެވެ.

އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ގިނަ އަދަދެއްގެ މެމްބަރުން ދާދި ފަހުން ޕީއެންސީ އާއި ގުޅިފައިވާއިރު، ހަސަން ޕާޓީ އާއި ގުޅިވަޑައިގެންނެވިކަން ހިއްސާކުރެއްވީ އޭނާގެ އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށެވެ.

ހަސަން ވިދާޅުވީ، އޭނާވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއިއެކު ކުރިއަށް ވަޑައިގަތުމަށް ނިންމާފައިކަމަށާއި އިހުލާސްތެރިކަމާއިއެކު ޕީއެންސީ އާއިއެކު ހުންނަވާނެކަމަށް ފާހަގަކުރެއްވިއެވެ.

ހަސަން ގުޅިވަޑައިގަތުމާއިއެކު ޕީއެންސީވަނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ކާމިޔާބުކޮށްފައެވެ. އެ ޕާޓީގައި ހަސަން އާއިއެކު 16 މެމްބަރުން ތިއްބަވާއިރު، ޕީއެންސީގެ ކޯލިޝަން ޕާޓުނަރުކަމަށްވާ ޕީޕީއެމްގެ 2 މެމްބަރުންވެސް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: