ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަންނީ އުފެއްދުންތައް ގިންތި ކުރުމާއި ގުޅޭ ބިލު ހުށައަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފަންނީ އުފެއްދުންތައް ގިންތިކުރުމާއި ދަރަޖަކުރުމުގެ ގާނޫނުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ.

ބިލް ހުށައަޅައިދެއްވީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ. ބިލު ހުށަހަޅުއްވައިދެއްވަމުން ހަސަންޓޭ ވިދާޅުވީ ބޭރުން ރާއްޖެ އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ފަންނީ އުފެއްދުންތައް އާންމު ކުރުމުގެ ކުރިން އެތަކެތި ގިންތިކޮށް ދަރަޖަ ކުރުމުގެ މުހިންމުކަމަށެވެ.

ފަންނީ އުފެއްދުންތައް ގިންތިކޮށް ދަރަޖަކުރުމުގެ މަގްސަދަކީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން އެތަކެތި ތަފާތު އުމުުރުފުރާ ތަކަށް އެކަށޭނެ ގޮތަށް ގިންތި ކުރެވޭ އުފެއްދުންތަކެއްގެ ގޮތުގައި ކަށަވަރު ކުރުން ކަމަށް އެ ބިލްގައި ވެއެވެ.

މި ބިލް ގާނޫނަކަށް ވުމުން ރާއްޖެއެތެރެކުރެވޭ އަދި ރާއްޖޭގައި އުފައްދާ ފިލްމު، ރިކޯޑިންގ އަދި ކުރެހުންތައް ފަދަ ފަންނީ އުފެއްދުންތައް އާންމު ކުރެވޭނީ އެ އުފެއްދުންތައް ގިންތި ކުރުމަށްފަހުގައެވެ.

އަމިއްލަ ބޭނުމަށް އުފައްދާ ތަކެއްޗާއި ފަތުރުވެރިން އެތެރެކުރާ ތަކެތީގެ އިތުރުން ޑައުންލޯޑު ކުރާ ތަކެތި މި ބިލުން އިސްތިސްނާ ވާނެއެވެ.

މި ބިލުގައި ބަޔާން ކޮށްފައިވާ ގޮތުން ގިންތިކޮށްފައިވާ އުފެއްދުންތަކަށް އުނި އިތުރެއް ގެނެސްފިނަމަ ޖޫރިމަނާ ކުރެވޭނެއެވެ. އެގޮތުން އުނި އިތުރެއްގެންނަ އެއްޗެއްގެ ކުޑަ ބޮޑު މިނަށް ބަލައި 500 ރުފިޔާ އާއި 5000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި އެކަން ތަކުރާރުވާނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ބިލްގައި ބަޔާންކޮށްފައިވެއެވެ.

މިއީ މިފަދަ ބިލެއް ފަރުމާކުރެވި މަޖިލީހަށް ހުށައެޅުނު ފުރަތަމަ ފަހަރު ކަންވެސް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މި ބިލުގެ ބަހުސް މަރުހަލާގައި ބައެއް މެމްބަރުން ވަނީ ރާއްޖޭގެ ބްރޮޑްކާސްޓިންގ ދާއިރާގެ ހިންގުން ހަރުދަނާ ކޮށް މިހާރު ހިނގަމުންދާ ނިޒާމު އަލުން ބަދަލު ކުރުމަށް ހިޔާލު ހުށައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: