ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީމަގުގެ ފަހު ދެ ސެގްމެންޓުގައި ވެސް ތާރު އެޅުމުގެ މަސައްކަތް ނިންމައިފި އެވެ.

މި ދެ ސެގްމެންޓުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު 9، ގަ އެވެ. އެގޮތުން މަސައްކަތް ނިންމާފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގަ އެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު ވަނީ އެ މަގުގައި ތާރު އަޅާފައިވާ ފޮޓޯތަށް އާންމުކޮށްފަ އެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމިފައިވާއިރު، 1.7 ކިލޯމީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރު އަޅާފަ އެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އާރުޑީސީން ފެށާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައެވެ. މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަަ އަހަރުގެ އޯގަސްޓު މަހުގެ 30 ވަނަ ދުވަހުގަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް 2023 ވަނަ އަހަރުގެ މެއި މަހުގެ 28 އަށް އެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން އަމީނީ މަގު ހެދުމަށް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: