ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުގެ މަސައްކަތް ކުރިޔަށް ދާތީ ބަސް ރޫޓަށް ބަދަލުތަކެއް!

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ ބަސް ރޫޓަށް ގެނައި ބަދަލު.
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ފުޑް ކޯޓު ސަރަހައްދުގެ މަގު ބަންދުކުރުމާއި ގުޅިގެން ބަސް ރޫޓަށް ބަދަލު ގެނެސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިކަމާއި ގުޅިގެން ރައްޔިތުންނަށް މައުލޫމާތު ދެމުން އެމްޓީސީސީއިން ބުނެފައިވަނީ އާރް 11 (އަމީނީ ރޫޓް) ގެ ދަތުރުތައް އަމީނީ މަގުންގޮސް ހަނދުވަރީ ހިނގުމުން، އެޅުމަށްފަހު މަޖިދީ މަގަށް އަޅައިގެން ދަތުރުކުރމަށް ނިންމާފައިވާކަމަށެވެ. އަދި އާރް 10 (އޯކިޑް ރޫޓް) ގެ ދަތުރުތައް މަޖީދީ މަގުންގޮސް ވެސްޓް ޕާކް ބަސް ހުއްޓިން އަނބުރާލާ ގޮތަށެވެ.

އެމްޓީސީސީ އިން ބުނީ އާރް 1 އަދި އާރް 3 ގެ ދަތުރުތައް ފަށާ ބަސް ހުއްޓިކަމަށްވާ، އާރް 7 ގެ ބަސް ދަތުރު ހުއްޓާ އެންމެ ފަހު ބަސް ހުއްޓިއަކީ މާފަންނު ބަސް ޓާމިނަލް ކަމަށެވެ.

އަމީނީ މަގުގައި ހުންނަ ދިވެހިރާއްޖޭގެ އަޑުބިލްޑިންއާއި ހަމައިން ފެށިގެން އަމީނީ މަގުން ހުޅަނގަށް އޮންނަ ބައި އެއްކޮށް ވަނީ މިހާރު ބަންދުކޮށްފައެވެެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: