ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ދަތުރު ކުރާ އާރުޓީއެލް ފެރީގެ އަގުތައް ކަނޑައަޅައިފި

އެމްޓީސީސީ ހައި ސްޕީޑް ފެރީ: ފޮޓޯ/ ޕްލޭނިންގް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނުގެ އަތޮޅުތަކަށް ދަތުރު ކުރާ އާރުޓީއެލް ފެރީގެ އަގުތައް ކަނޑައަޅައިފިއެވެ.

މިނިސްްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އާންމު ކޮށްފައިވާ އިއުލާނުގައި ވަނީ  ޒޯން 5 (ގއ އަދި ގދ އަތޮޅު) އާއި ޒޯން 6 (އައްޑު އަތޮޅާއި ފުވައްމުލައް) ހައިވޭލިންކްގައި އާރް.ޓީ.އެލް ފެރީ ދަތުރުކުރުމަށް ކަނޑައަޅާފަވާ ކަމަށެއެވެ.

އެގޮތުން އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ދަތުރުކުރާ އާރް.ޓީ.އެލް ފެރީ ދަތުރުތަކަށް 2023 އޮކްޓޫބަރު 08 ވާ އާދީއްތަ ދުވަހުން ފެށިގެން އަގު ނެގުމަށް ނިންމާފަވާ ކަމަށްވެސް ބުނެފައިވެއެވެ.

އާރުޓީއެލް ފެރީ ދަތުރުކުރާ އަގުތައް:

ގދ. ވާދޫ އިން ޏ. ފުވައްމުލަކަށް ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓަށް 250 ޖުމްލަ ދެކޮޅަށް 450 އެވެ.

ސ. ހުޅުމީދޫއިން ގދ. ވާދޫ އަށް 490 ޖުމްލަ ދެކޮޅަށް 880 އެވެ.

ޏ. ފުވައްމުލަކުން ސ. ހުޅުުމީދޫއަށް 250 ޖުމްލަ ދެކޮޅަށް 450 އެވެ.

ޏ. ފުވައްމުލަކުން ސ. ފޭދޫ އަށް 250 ޖުމަލަ ދެކޮޅަށް 450 އެވެ.

ސ. ހުޅުދޫއިން ސ. ފޭދޫ އަށް 55 ދެކޮޅަށް 100 އެވެ.

ދަތުރުތަކުގެ އަގު ކަނޑައަޅާފައިވާއިރު، އާރުޓީއެލް ފެރީ އަކީ ރައްޔިތުންނަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ފަސޭހަ ގޮތެއް ގާއިމް ކުރުމައްޓާކާއި ސަރުކާރުން ފޯރުކޮށްދެމުން އަންނަ ހިދުމަތެކެވެ. އެގޮތުން މި ހިދުމަތް ގާއިމް ކޮށްދީފައިވަނީ މިހާތަނަށް ހއ، ހދ، ށ އަދި ޅ އަތޮޅުގައެވެ. އެންމެފަހުން މި ހިދުމަތް ގާއިމް ކޮށްދީފައިވަނީ ދެކުނުގެ އަތޮޅުތަކުގައެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: