ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެމްބަރު 17 ގެ ކުރިން އަމީނީ މަގުގެ މަޝްރޫއު ނިމެނޭ: ޕްލޭނިން މިނިސްޓްރީ

ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ގެ ކުރިން އަމީނީ މަގުގެ މަޝްރޫއު ނިމެނޭކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

މިކަމާއި ގުޅިގެން މީޑިއާއަކަށް މައުލޫމާތުދެއްވަމުން އަކްރަމް ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް މަޑުޖެހިފައި ވަނީ ރިޔާސީ އިންތިހާބާއި ގުޅިގެންކަމަށެވެ. މިހާރު އިންތިހާބު ނިމިފައިވާއިރު، މަސައްކަތްތައް އަނބުރާ ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށް އަކްރަމް ވިދާޅުވިއެވެ.

2010 ދުވަސް ނުވަތަ 10 މަސް ތެރޭގައި ނިންމާ ގޮތަށް ޕްލޭނިން މިނިސްޓްރީން އާރުޑީސީ އާއި ހަވާލު ކުރި އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އެ ކުންފުނިން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ތާވަލާއި އެއްގޮތަށް ކުރިޔަށް ދިޔަ ނަމަ، މިއީ މި އަހަރުގެ ފެބްރުއަރީ މަހަށް ނިމެން އޮތް މަސައްކަތެކެވެ. އެކަމަކު ފެބްރުއަރީ މަހާ ކުރިމަތީލީއިރު ވެސް މަޝްރޫއުގެ ފުރަތަމަ ފޭސް ވެސް ނުނިމެ އެވެ.

މާލޭގެ އެންމެ ކާރޫބާރު ބޮޑު އަމީނީ މަގަށް ބޮޑުތަކުރުފާނު މަގުން ވަންނަ ހިސާބުން ފެށިގެން ސިނަމާލެ ފެލެޓުތަކާއި ހަމައަށް އޭރު މަގު އޮތީ ކޮނެފައެވެ. ސެޕްޓެމްބަރު މަހުން ފެށިގެން ފެބުރުއަރީއާއި ހަމައަށް އައިރުވެސް މަގު އެގޮތަށް އޮތުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ގިނަ އުނދަގޫތަކާއި ކުރިމަތިލާން ވެސ ޖެހުނެވެ.

އަމީނީ މަގުގެ މަސައްކަތް ތާވަލަށް ނިންމާ ނުލެވޭނެކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އައު ތާރީހުތަކެއް ވެސް ދެއްވިއެވެ. އޭރު ވެސް އެއްވެސް ގޮންޖެހުންތަކެއް ހުރިކަމަށް ވިދާޅެއް ނުވެއެވެ. އަދި ތާރު މެޝިން ހޯދުން ނުވަތަ އެ ބެހެއްޓުމުގައި ދަތިތަކެއް ދިމާވެގެން އެކަން އާރުޑީސީން ހުށަހަޅާފައިވާކަމަށް ވެސް ހާމައެއް ނުކުރައްވައެވެ.

މިކަމާއި ގުޅިގެން އޭރު  އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރިޔަށް ގެންދާ މަސައްކަތުގެ ދަށުން އާއްމުންނަށް ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމަށް އާރުޑީސީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ވެސް ކުރި އެވެ.

ހަތް އަހަރުގެ ތެރޭގައި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އޭނާގެ ހައުސިން މިނިސްޓަރުކަމުގައި ނުކުރެވުނު މަސައްކަތް ނިންމާނެކަމަށް ބުނެ ފެށި އަމީނީ މަގުގެ މަސައްކަތުގެ ދުވެލި ލަސްވުމުގެ ސަބަބުން އޭނާ އާއި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.

މީގެއިތުރުން މަޝްރޫއުއަށް އަމީނީ މަގުގެ ގަސްތައް ކެނޑުމުގެ ސަބަބުންނާއި އަމަލު ކުރާ ގޮތާއި މެދު ފާޑުކިންއުން އަމާޒުވެފައި ވެއެވެ.

މަޝްރޫއުގެ ދަށުން ކުރިން 25 ފޫޓުގެ ފުޅާ މިން ހުރި އަމީނީ މަގުގެ ބައެއް ޕޭވްމަންޓަށް ވަނީ އިތުރުކޮށްފަ އެވެ. އެއީ ކުރިން ހަތަރު ފޫޓު ހުރި ޕޭވްމަންޓު ދެފަޅިން ވެސް ފަސް ފޫޓު ހަތް އިންޗިއަށް ބަދަލު ކުރުމެވެ. އެހެންވެ، މަގުގައި ހުންނާނީ ދެން 21 ފޫޓު 10 އިންޗިއެވެ.

ކުރިން 39 މިލިއަން ރުފިޔާގައި ހުރި މަޝްރޫއެއް، 84 މިލިއަނަށް ބޮޑުކޮށް ކުރިޔަށް ގެންދާ މަސައްކަތުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެކަމަށް ތަކުރާރު ކުރައްވައި މުއިއްޒު ވިދާޅުވީ ބިމުގެ އަޑިއަށް ލުމަށް ކުރިން ނިންމާފައިވާ ކޭބަލް ޓްރޭ މިހާރު ފެންނަނީ ބިމުން މަތީގައި ހަދަމުން ދާ މަންޒަރު ކަމަށެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން، މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމާއި މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުން އެއީ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. މި ޕްލޭންގެ ދަށުން ވެހިކަލްތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދާ، ބޮޑެތި ހުރިހާ މަގެއްގައި ޒަމާނީ ފެންވަރަށް ތާރު އެޅުންވެސް ހިމަނާފައި އޮތީ ސިޓީ ކައުންސިލުގެ މެންޑޭޓެއްގެ ގޮތުގަ އެވެ. ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީކޮށް މަރާމާތު ކުރުމުގެ މަޝްރޫއާއިގުޅިގެން ސިޓީ ކައުންސިލާއި އާރުޑީސީ ދެމެދު މައްސަލަ ޖެހުނެވެ. މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މާލޭގެ މަގު ހެދުމުގެމަޝްރޫއު އަތުލައި ދެގުނަ ބޮޑުކޮށް އާރުޑީސީއާ ހަވާލުކުރީ ޕްލޭނިން މިނިސްޓްރީންނެވެ. މިކަން ސިޓީ ކައުންސިލުން ސިފަކުރީ ކޮރަޕްޝަނުގެ އަމަލެއްގެ ގޮތުގައެވެ

އެ މައްސަލައިގައި މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލުން އެމަސައްކަތް ކުރުމަށް ހުށައެޅީ އާރުޑީސީއަށް ދިން އަގަށް ވުރެ ކުޑަ އަގަކަށް ކަމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަމީނީ މަގު ހެދުމަށް ކަނޑައެޅި އަގަކީ 39 މިލިއަން ރުފިޔާއެވެ. އަދި މާލެ ސިޓީ ކައުންސިލަށް މަގު ހެދުމަށް ބޭނުންވާ ބަޖެޓް ފިނޭންސް މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިނުވާ ކަމަށްވެސް މީގެ ކުރިން ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: