ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ އަތޮޅުގެ ފަސް ރަށެއް ގުޅުވާލުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި

އެމްޓީސީސީ އަދި ޕްލޭނިންގް ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން: ފޮޓޯ/ އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލ އަތޮޅުގެ ފަސް ރަށެއް ގުޅުވާލުމުގެ މަސައްކަތްތައް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

ލ އަތޮޅުގެ ފަސް ރަށެއް ގުޅުވާލުމައްޓަކައި ތިން ކޯޒްވޭއެއް އެޅުމުގެ މަސައްކަތްތައް ހަވާލު ކުރުމަށް ޕްލޭނިންގް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ޕްލޭނިންގް ގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނަރަލް ފާތިމަތު ޝާނާ ފަރޫގުއެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

އެމްޓީސީސީ އާއި ޕްލޭނިންގް ދެމެދު ގާއިމު ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ލ ހިތަދޫ، މެންދޫ، ކުނަހަންދޫ، އަދި ކަލައިދޫ އާއި ދަނބިދޫވެސް ގުޅުވާލުމަށް ނިންމާފައިވެއެވެ. ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުގެ ދަށުން 390 މީޓަރުގެ ރިވެޓުމެންޓު މަސައްކަތް ކުރުމަށް ނިންމާފައިވާއިރު، ހިތަދޫ އާއި މެންދޫ ދެމެދު ބިރުޖު އެޅުން އަދި މެންދޫ އާއި ކުނަހަންދޫ ދެމެދު ބުރިޖު އެޅުމަށް ނިންމާފައިވެއެވެ. މި މަޝްރޫޢުގެ ދަށުން 714 މީޓަރުގެ މަގު ހެދުމަށްވެސް ނިންމާފައިވާއިރު، ކަލައިދޫ އަދި ދަނބިދޫ ގުޅުވާލުމަށްވެސް ބުރިޖެއް އެޅުމަށް ކަނޑައެޅިފައިވެއެވެ. ހިތަދޫއިން ކުނަހަންދޫއަށް ގުޅުވާލުމުގެ މަސައްކަތަށް 81.2 މިލިއަނަށްވުރެ އިތުރަށް ހަރަދުވާކަމަށް ހާމަކޮށްފައިވާއިރު، މި މަސައްކަތްތައް ހަވާލު ކުރެވިފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ކަލައިދޫ އާއި ދަނބިދޫ ގުޅުވާލުމުގެ މަސައްކަތުގެ ތެރެއިން 271 މީޓަރުގެ ރިވެޓުމެންޓު މަސައްކަތް ކުރުމަށް ނިންމާފައިވާއިރު، ގުޅުވާލުމަށް ބިނާ ކުރާ ބުރިޖުތަކުގެ އިތުރުން 85 މީޓަރުގެ މަގު ހެދުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެކަން ހާމަކޮށްފައިވެއެވެ. މައުލޫމާތު ހިއްސާކޮށްފައިވާގޮތުން މި މަސައްކަތްތަކަށް 156 މިލިއަނާއި ގާތް ކުރާ އަދަދެއް ހޭދަވެއެވެ. އަދި ހަވާލު ކުރެވިފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމުމަށްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: