ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީއަށް 979 މިލިޔަން ރުފިޔާގެ އާމްދަނީއެއް މިއަހަރުގެ ތިންވަނަ ކުއާޓާގައި ލިބިއްޖެ

އެމްޓީސީސީ ޓަވަރ / ދަ ޓައިމްސް އޮފް އައްޑޫ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ތިން ވަނަ ކުއާޓާގައި އެމްޓީސީސީއަށް 979 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ބުނާގޮތުގައި މިއަހަރު ތިންވަނަ ކުއާޓާގައި އެ ކުންފުންޏަށް 979 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައިވާއިރު މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީ އަށް ލިބިފައި ވަނީ 727 މިލިއަން ރުފިޔާއެވެ. އެހެންކަމުން ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު 34.68 އިންސައްތަ އިތުރު އަދަދެއް ތިންވަނަ ކުއާޓާގައި ވަނީ ލިބިފައެވެ.

އެ ކުންފުނިން ބުނާގޮތުން މިކުއާޓާގައި އާމްދަނީ އިތުރުވީ އިމާރަތްކުރުމާއި ބިންހިއްކުމުގެ ދާއިރާއާއި، ވިޔާފާރީގެ ދާއިރާގެ އިތުރުން ދަތުރުފަތުރުގެ ހިދުމަތުން ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

އެގޮތުން އިމާރަތްކުރުމާއި، ބިންހިއްކުމުގެ ދާއިރާއިން 873.56 މިލިއަން ރުފިޔާ، ލިބިފައިވާއިރު ވިޔަފާރީގެ ދާއިރާއިން 64.7 މިލިއަން ރުފިޔާ އަދި ދަތުރުފަތުރުގެ ޚިދުމަތުގެ ދާއިރާއިން 37.02 މިލިއަން ރުފިޔާގެ އާމްދަނީއެއް ތިންވަނަ ކުއާޓަރުގައި ލިބިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ވަނީ 43.3 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީ އަށް ލިބިފައިވަނީ 41.2 މިލިއަން ރުފިޔާއެވެ.

ރިޕޯޓުގައި ބުނާގޮތުން ތިންވަނަ ކުއާޓާގައި އާމްދަނީ އިތުރުވިނަމަވެސް ލިބުނު ފައިދާގެ ނިސްބަތް ވަނީ ދަށްވެފައެވެ. ސަބަބަކީ ކުންފުނީގެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު ގަތުމަށް ކުރަންޖެހޭ ހޭދަ އިތުރުވުމާއި، ބޭރު ފައިސާ ގަތުމަށް ކުރަން ޖެހުނު ހޭދަވެސް އިތުރުވުމުންކަމަށް އެމްޓީސީސީން ބުނެއެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީން ވަނީ ހިންގައިފައެވެ. އެގޮތުން 205 މަޝްރޫއެއްގެ މަސައްކަތް ކޮށްފައިވެއެވެ. އެތަނުން 5 މަޝްރޫއެއްގެ މަސައްކަތް ވަނީ ކާމިޔާބުކަމާ އެކު ނިންމާލެވިފައެވެ. އަދި އަލަށް 36 މަޝްރޫއުގެ މަސައްކަތް އެ ކުއާޓަރުގައި ފަށާފައިވާތީ ކަމަށް އެމްޓީސީސީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: