ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީ “ކަށަވަރު ޕްރޮމޯ 2023” ފަށައިފި!

އެމްޓީސީސީ ކަށަވަރު ޕްރޮމޯ: ފޮޓޯ/ އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ( އެމްޓީސީސީ) އިން ” ކަށަވަރު ޕްރޮމޯ 2023″ ފަށައިފިއެވެ.

އެ ކުންފުނީގެ ޕްރަޑަކްޓުތައް ޑިސްކައުޓު އަގުތަކުގައި ލިބިގެންދާ މި ޕްރޮމޯޝަނަކީ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ދާނެ ޕްރޮމޯޝަނެވެ. މި ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އޭނާ އާއިއެކު ކުންފުނީގެ ބައެއް އެހެން އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

އެމްޓީސީސީއިން ބުނެފައިވާގޮތުން ކަށަވަރު ޕްރޮމޯޝަންގެ މަގުސަދަކީ އެ ކުންފުނީގެ ޕްރަޑަކްޓުތައް ހެޔޮ އަގުތަކެއްގައި ކަސްޓަމަރުންނަށް ލިބޭނެ މަގުފަހިކޮށްދިނުމެވެ. މި ޕްރޮމޯޝަންގެ ތެރޭގައި ޑިސްކައުންޓު ލިބޭ ސާމާނުގެ ތެރޭގައި އެ ކުންފުނިން ވިއްކާ އިންޖީނާއި ލުބްރިކަންޓު އަދި އެހެނިހެން ގިނަ ބާވަތްތައްވެސް ހިމެނެއެވެ.

މަސްވެރިން ފަދަ ދަތުރުފަތުރު ދާއިރާގެ މީހުންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮމޯޝަން ކުރިއަށް ދާ ދުވަސްތަކަގެ ތެރޭގައި 5000 ރުފިޔާއަށްވުރެ އިތުރަށް ވިޔަފާރިކުރާ ކޮންމެ މީހަކަށްވެސް ބައިވެރިވެވަޑައިގެންނެވޭނެއެވެ.

އެގޮތުން ކުރާ ކޮންމެ 5000ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެކަމަށާއި ގުރުއަތުން މޮޅުވާ މީހަކަށް 175 ހޯސްޕަވަރުގެ އިންޖީނެއް ލިބިވަޑައިގަންނަވާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: