ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ މަހާޖައްރާފު އަލުން ބޭނުންކުރަން ފަށައިފި

އެމްޓީސީސީގެ މަހާ ޖައްރާފާ/ ފޮޓޯ؛ އަފްރާހު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީގެ “މަހާ ޖައްރާފު” އުޅަނދު އަލުން ބޭނުން ކުރެވޭ ހާލަތަށް ގެނެސްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީއިން ހާމަކޮށްފައިވާގޮތުން އެ ކުންފުނީގެ ހޮޕާރ ޑްރެޖަރ ކަމަށްވާ މަހާ ޖައްރާފު އަލުން އޮޕަރޭޝަނަލް ހާލަތަށް ގެނެވިފައިވާކަމާއިމެދު އުފާ ކުރާކަމަށެވެ. އަދި މިހާރު ބޭނުން ކުރަން ފަށާފައިވަނީ މެއިންޓެނެންސް އަދި މަރާމާތު މަސައްކަތްތަކެއް ކޮށްފައިކަމަށްވެސް ހިއްސާކުރިއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން މަހާ ޖައްރާފަކީ 11،000 ކިއުބިކް މީޓަރުގެ ސަރަހައްދެއް 24 ގަޑިއިރުގެ ތެރޭގައި ޑްރެޖުކުރުމުގެ ގާބިލުކަން ހުރި އުޅަނދެކެވެ. އަދި މިހާރު އެ އުޅަނދު ފޮނުވާލާފައިވަނީ ރ އުނގޫފާރުގައި ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަސައްކަތްތައް ކުރުމަށްކަމަށްވެސް ހާމަކޮށްފައިވެއެވެ.

އެމްޓީސީސީއިން ބުނެފައިވާގޮތުން އެ މަސައްކަތްތައް އޮތީ ނިމުމާއި ގާތުގައެވެ. އަދި މި މަޝްރޫޢުގެ ދަށުން 13.07 ހެކްޓަރުގެ ބިން ހިއްކިގެންދާނެކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރަށް ހަރުދަނާކަމާއިއެކު މަސައްކަތްތައް ކުރިއަށް ގެންދާނެކަންވެސް ހިއްސާކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: