ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީ ކަށަވަރު ޕްރޮމޯ ނިންމާލައިފި!

އެމްޓީސީސީ ކަށަވަރު ޕްރޮމޯ ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީއިން ކުރިއަށް ގެންދިޔަ “ކަށަވަރު ޕްރޮމޯ 2023” ނިންމާލައިފިއެވެ.

އެމްޓީސީސީއިން ހިއްސާކޮށްފައިވާގޮތުން އެ ކުންފުނިން ވަނީ 3 ވަނަ އަހަރުގެ ނޮވެމްބަރު 01 އިން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށް ގެންދެވުނު “ކަށަވަރު ޕްރޮމޯ 2023” ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތު ބޭއްވީ އެ ކުންފުނީގެ ކަށަވަރު ޝޯރޫމްގައިކަމަށްވާއިރު އެ ކުންފުނިން ވަނީ ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތެއްގެ ނަން އިއުލާނުކޮށްފައެވެ.

އެމްޓީސީސީއިން ބުނެފައިވާގޮތުން ނަން އިއުލާންކޮށްދެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލް އަބްދުالله ޒިޔާދުކަމަށާއި “ކަށަވަރު ޕްރޮމޯ 2023” ގެ ނަސީބުވެރި ފަރާތަކީ އަލްފާޟިލް އަޙުމަދު އާލިމް ކަމަށްވެސް ކުންފުނިން ހިއްސާކޮށްފައިވެއެވެ.

އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ “ކަށަވަރު ޕްރޮމޯ” ގެ މަޤްސަދަކީ އޮޑިވެރިންނާއ،ި މަސްވެރިކަމާއ،ި ޓޫރިޒަމް އަދި ޓްރާންސްޕޯޓް ސިނާޢަތުގައި ހަރަކާތްތެރިވާ އެ ކުންފުނީގެ ކަސްޓަމަރުންނަށް ޑިސްކައުންޓަކާއިއެކު އެމްޓީސީސީ ކަށަވަރު ފިހާރައިން ވިއްކާ މުދާ ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށް ބުނެފައިވެއެވެ.

އެމްޓީސީސީއިން ބުނެފައިވާގޮތުން އެ ކުންފުނިން 2024 ވަނަ އަހަރު ތެރޭގައި އޮޑިވެރިންނަށް ފޯރުކޮށްދޭ ޙިދުމަތް އިތުރަށް ރަނގަޅުކޮށް ފުޅާކުރުމުގެ ގޮތުން މެރިން އަދި އިންޑަސްޓްރިއަލް ސެކްޓަރއަށް ޙާއްސަކޮށް އިތުރު ޕްރޮޑަކްޓްތައް ތަޢާރަފް ކުރުމަށްވެސް ނިންމާފައިވެއެވެ. އަދި އެކަމުގެ މަގުސަދަކީ އޮޑިވެރިންނަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުންކަމަށާއި ކަސްޓަމާރ ސާވިސް ރަނގަޅުކުރުމުގެ ގޮތުންވެސް ޝޯރޫމް ބޮޑުކުރުން ފަދަ މަސައްކަތްތައްވެސް ކުރުމަށް ކަނޑައެޅިފައިވާކަން ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: