ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ބޭނުންތަކަށް ފަޅު ރަށްތަށް ކުއްޔަށް ދޭ މުއްދަތު އިތުރުކޮށްފި

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމާއި އިގްތިސާދީ ބޭނުންތައް ނޫން، އެހެން ބޭނުންތަކަށް ފަޅު ރަށްތަށް ކުއްޔަށް ދޫކުރެވޭ މުއްދަތު އިތުރުކޮށްފިއެވެ.

މިކަމާާއި ގުޅިގެން ޕްލޭނިން މިނިސްޓްރީއިން އާންމުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން މަސްވެރިކަމާއި، އިގްތިސާދީ ބޭނުންތައް ނޫން އެހެން ބޭނުންތައް މިހާރު ފަޅު ރަށްތައް 21 އަހަރަށް ކުއްޔަށް ދޫކުރެވޭނެއެވެ.

މިހާރު ގެނެސްފައިވާ ބަދަލާއިއެކު، ރަށް ކުއްޔަށް ދީފައިވާ މުއްދަު ހަމަވުމުގެ 1 އަހަރު ނުވަތަ 2 އަހަރު ކުރިން މުއްދަތު އިތުރުކުރުމަށް ހުށައަޅައިފި ހާލަތެއްގައި ކުއްޔަށްދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެހާލަތުގައި 50 އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ރަށް ކުއްޔަށް ދެވޭނެއެވެ. ނަމަވެސް މުއްދަތު އިތުރުކުރުމަށް އެދޭ ހާލަތުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކެއް މި ގަވާއިދުގައި ވަނީ ހިމަނާފައެވެ.

އެގޮތުން:

  •  އެ ރަށެއްގައި ކުރަން އެއްބަސްވި މަސައްކަތް ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ގެންގޮސްފައިވުމާއި މަސައްކަތުގެ 75 އިންސައްތަ ފުރިހަމަވެފައި އޮތުން.
  • ކުރަން ހުށަހަޅާފައިވާ އިންވެސްޓްމެންޓުގެ މަދުވެގެން 75 އިންސައްތަ ފައިސާ އިންވެސްޓްކޮށްފައިވުން.

މަސްވެރިކަމާއި އިގްތިސާދީ ބޭނުންތައް ނޫން އެހެން ބޭނުންތައް ކަނޑައަޅާ ފަރާތަކީ ރަށު ކައުންސިލް ނުވަތަ، ސިޓީ ކައުންސިލުންނެވެ. އެ ރަށަކީ ކައުންސިލްގެ އިހްތިސާސްގެ ދަށުގައި ނުހިމެނޭ ރަށެއްނަމަ، އެކަން ކަނޑައަޅާނީ ރައީސުލްޖުމްހުރިއްޔާއެވެ. މިކަން ކުރުމުގައި ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ލަފާ ހޯދަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: