ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމުގެ ސާވޭއެއް ކުރަނީ

އެއްގަމު ތޮށި ސާރވޭކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)ގެ ހިލޭ އެހީގެ ދަށުން، މާލޭ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމާއި މާލޭގެ ފެން ހިންދާ ނިޒާމް އަޕްގްރޭޑް ކުރުމާ ގުޅޭ ސަރވޭތައް ކުރުމަށް ޕްލޭނިން މިނިސްޓްރީއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިަކމާއި ގުޅޭ މައުލޫމާތުދެއްވަމުން ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ އެކު ސޮއިކުރި އެއްބަސްވުމުގެ ބޭނުމަކީ މާލޭގެ އެއްގަމު ތޮއްޓާއި މާލޭގެ ފެން ހިންދާ ނިޒާމު އަޕްގްރޭޑްކުރުމާ ގުޅޭ ސާވޭތަކެއް ކުރުންކަމަށެވެ.

މާލޭގައި މިޙާރު އޮތް އެއްގަމު ތޮއްޓަކީ މީގެ 30 ވުރެ ގިނަ އަހަރުކުރިން ހަމަ ޖަޕާނުން ލައިފައިވާ ތޮއްޓެކެވެ. މި ތޮށި ލައިފައިވަނީ އޭރު މާލެއަށް އެރި ބޮޑު ރާޅުތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ސަބަބުން، އެފަދަ ކާރިސާތަކުން ސަލާމަތްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: