ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓް ލިބޭ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިތުރު އެއް ދުވަސް ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށް، އިތުރު އެއް ދުވަސް ދީފިއެވެ.

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ މުއްދަތު ހަމަވާނީ މިއަދަށެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދެމުންދާތީ މާދަމާ 23:59 އާ ހަމައަށް އެ މުއްދަތު މިހާރު އިތުރުކޮށްފައި ވާކަމަށެވެ.

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ދާއިމީ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ދާއިމީ ލިސްޓް އިއުލާންކޮށް ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންދާ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ.

އަދި ދެ ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ފްލެޓް ލިސްޓު އާންމު ކުރުމާއެކު ގިނަ ބަޔަކު ބަނީ ނުރުހުން ފާޅުކޮށް ޕޮއިންޓް ދިން ގޮތް ހާމަކުރުމަށް ގޮވާލާފައެވެ. އަދި ޖެހިގެން އައި އާދިއްތަ ދުވަހު މިނިސްޓްރީ ތެރެއަށް އެއްވެ އިހުތިޖާޖު ކޮށްފައެވެ.

މިކަންކަމާ ގުޅިގެން އޭސީސީން ވެސް ވަނީ ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް ހުއްޓައިލަން ޕްލޭނިން މިނިސްޓްރީއަށް އަންގާފައެވެ. މިކަމާ ގުޅިގެން ފުލެޓު ކޮމިޓީން ބުނީ، އޭސީސީ ބޭފުޅުން ބަލަން ބޭނުންވި ހުރިހާ ލިޔެކިޔުމެއް ދައްކާފައިވާނެ ކަމަށެވެ.

ވެރިކަން ބަދަލުވުމަށް މިއޮތް ކުޑަ ދުވަސްކޮޅު ތެރޭ، މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތައް އަވަސް އަރުވާލައިގެން ދޫނުކޮށް، އާ ސަރުކާރާ ހަވާލުކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް، ޕްލޭނިން މިނިސްޓްރީން ބުނީ އޮންނަ ގަވާއިދުގެ ދަށުން އެކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: