ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގް ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށްފައިވާ ކުރީ ސަރުކާރުން ދޫކުރި ފްލެޓުތައް ދޫކޮށްފައި ހުރީ ގޯސްކޮށް ކަމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

ނަމަވެސް ބައެއް ފަރާތްތަކުން އޭސީސީގެ ނިންމުމާ މެދު ހިތްހަމަ ނުޖެހި ކަންބޮޑުވުން ފާޅު ކުރަމުން އަންނައިރު އެޗްއާރްސީއެމްއިން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލާގައި ގިނަ ބައެއްގެ ހައްގުތައް ގެއްލިގެންދާ ކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ ބަލާނީ އިންސާނީ ހައްގުތަކުގެ ނަޒަރުން ކަން ހިނގާފައިވާ ގޮތަށް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އެކަމާ ގުޅޭ ގޮތުން މިހާތަނަށް ހައުސިން މިނިސްޓްރީ އާ ބައްދަލު ކޮށްފައިވާ ކަމަށާއި ފްލެޓު ލިސްޓު ބާތިލުކޮށް އަލުން އިއުލާން ކުރުމުގެ ވިސްނުމެއް އެ މިނިސްޓްރީން ނުގެންގުޅޭ ކަމަށް އެޗްއާރްސީއެމް އިން ބުނެފައިވެއެވެ.

އޭސީސީގެ ނިންމުންތަކާ ބެހޭ ގޮތުން އެޓާނީ ޖެނަރަލް އޮފީހުގެ ލަފަޔަކަށް ހައުސިން މިނިސްޓްރީން އެދިފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދިން ކަމަށްވެސް އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

ފްލެޓު މައްސަލައަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމަކަށް ވާތީ ވީހާ ވެސް އަވަހަށް މިކަމުގައި ބަލަންޖެހޭ ކަންކަން ބަލާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށް އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: