ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ މަޝްރޫޢުގެ ފްލެޓް ދޫކުރުމުގެ މަސައްކަތް އެސީސީއިން ހުއްޓުވައިފި

ވިނަރެސް ފްލެޓް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ “ގެދޮރުވެރިޔާ” މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ 4،000 މީހުންގެ ދާއިމީ ލިސްޓާ އެއްގޮތަށް ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރޭ އަންގައިފިއެވެ.

އޭސީސީން މިގޮތަށް އެންގީ ހުޅުމާލޭގައި މިހާރު އިމާރަތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު، އަލުން ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން ރޭ އާއްމުކޮށްފައި ވަނިކޮށެވެ. އަދި ފްލެޓު ލިބޭ މީހުންގެ މެދުގައި ރޭ ގުރުނެގުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭސީސީއިން ހައުސިން މިނިސްޓްރީއަށް ރޭ ފޮނުވި ސިޓީއަކުން އަންގާފައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފުލެޓްތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ހުއްޓާލުމަށެވެ.

އޭސީސީގެ ތަހުގީގަށް ފާހަގަވެފައި ވަނީ އެނގިފައިވާ ގޮތުގައި ފްލެޓްތަކަށް ޝަރުތު ހަމަނުވާ މީހުންތަކެއް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި އެ މީހުންނަށް ޕޮއިންޓް ދިނުމާއި ފޯމުތައް އިވެލުއޭޓް ކުރިއިރު، އުސޫލާ ހިލާފަށް ބައެއް މީހުންނަށް ޕޮއިންޓް ދިނުމެވެ. ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ޔަގީންކުރެވެން އޮތް ހާލަތްތަކުގައި އެކަން ކޮށްފައިނުވުމަކީ ވެސް އޭސީސީ އަށް ފާހަގަވެފައިވާ ކަމެކެވެ.

އޭސީސީން މިގޮތަށް އަންގާފައިވަނީ ހުށަހެޅިފައިވާ ކަންކަން ބެލުމަށް ފަހު ވަކި ގޮތެއް ކަނޑައަޅަންދެންނެވެ.

ވަރަށް ގަދަ
56%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: