ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ ފްލެޓު ލިސްޓު ކުރީގެ ސަރުކާރުގެ ފްލެޓު ކޮމިޓީއާއި ހިއްސާކުރަނީ!

އެފްޑީސީން އަޅަމުންދާ ފްލެޓުތައް ފޮޓޯ: އެފްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

“ގެދޮރުވެރިޔާ” ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރި 4،000 ފްލެޓް މައްސަލައިގައި ތަހުގީގަށް އެކުލަވާލި ފްލެޓު ލިސްޓު އޭސީސީއިން ކުރީ ސަރުކާރުގެ ފްލެޓް ކޮމެޓީގެ ވެރިންނާއި ހިއްސާ ކުރަން މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއިން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން ބޭއްވި ބައްދަލުވުމުގައި މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްވަނީ ކޮމިޓީއަށް ހޯދިފައިވާ މައުލޫމާތުތައް ސިއްރުކަމަށްވުމުން، މި މައްސަލައިގައި ޖަވާބުދާރީވާ ފަރާތްތަކާއި ހިއްސާކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ބައްދަލުވުމުގައި އޭސީސީގެ އިތުރުން ކުރީގެ ސަރުކާރުގެ ފަރާތުން ފްލެޓުގެ މަސައްކަތްތަކާއި ހަވާލުވެ ތިއްބެވި ފަރާތްތަކުންވެސް ބައިވެރިވާނެކަމަށާއި ބައްދަލުވުމުގެ މަގުސަދަކީ އޭސީސީއިން ޝަރުތު ހަމަނުވާކަމަށް ބުނާ މީހުންގެ ޝަރުތު ހަމަނުވާ ސަބަބު ސާފުކުރުމާއި ކުރީގެ ސަރުކާރުން އެ މީހުންގެ ޝަރުތު ހަމަވާކަމަށް ބަޔާންކޮށްފައިވާ ސަބަބު ދެނެގަތުންކަމަށެވެ.

ރޮޒައިނާގެ ހުށައެޅުއްވުން ފާސްވެގެންދިޔައީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ ތެރެއިން ދެ މެމްބަރުން ނޫން އެހެނިހެން މެމްބަރުންގެ ވޯޓާއިއެކުކަމަށްވާއިރު، ފާސްކުރެވިގެންދިޔައީ ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި އެ މަސައްކަތްތަކަށް ކުރީގެ ސަރުކާރުގައި އުފައްދާފައިވާ ގެދޮރުވެރިންގެ ކޮމިޓީގައި އިންނަވާ މުހައްމަދު އާރިފްއާއި މައުލޫމާތުތައް ހިއްސާކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: