ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް އިންތިހާބުގައި ކޮރަޕްޝަން ހިންގަފާނެތީ، ހުއްޓުވާނެ ސިޔާސަތުތަކެއް ކަނޑައަޅައިފި

މަޖިލީސް ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު އޮތް މަޖިލީސް އިންތިހާބުގެ ތެރޭގައި ހިންގަފާނެ ކޮރަޕްޝަންގެ އަމަލުތަކުން ރައްކާތެރިވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލާފައިވާ “އެންޓި-ކޮރަޕްޝަން އިލެކްޝަން ސްޓްރެޓަޖީ” އާންމުކޮށް އެ ސްޓްރެޓެޖީއާއި އެއްގޮތަށް މަސައްކަތް ކުރަން އެ ކޮމިޝަނުން ފަށައިފިއެވެ.

“މަޖިލިސް އިންތިޚާބު 2024 – އެންޓިކޮރަޕްޝަން އިލެކްޝަން ސްޓްރެޓެޖީ” އަކީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަން ވިލަރެސްކޮށް، އިންތިޚާބުގައި ހިންގާފާނެ ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވައި ނަޒާހަތްތެރި އިންތިޚާބެއް ބޭއްވުމަށް ބާރުއެޅުމުގެ ގޮތުން ކޮމިޝަނުން ގެންގުޅޭނެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެއްކަމަށް އޭސީސީއިން ބުންޏެވެ.

މި ސްޓްރެޓެޖީގެ މަޤްސަދަކީ އިންތިޚާބީ ދުވަސްވަރު ހިންގާފާނެ ކޮރަޕްޝަނުގެ ޢަމަލުތަކަށް ފާރަވެރިވެ އެފަދަ ޢަމަލުތައް ހިންގުން މަދުކުރުމާއި، އިންތިޚާބީ ކޮރަޕްޝަނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރުން ހަރުދަނާކުރުމާއި މައްސަލަތައް ބެލުން އަވަސްކުރެވޭނެ މަގު ހޯދުންކަން އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އަދި ވޯޓުލުމުގައި ނަޒާހަތްތެރިވުމުގެ މުހިންމުކަމާމެދު ކަމާބެހޭ އެންމެހާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުމުގެ އިތުރުން، އިންތިޚާބީ ދުވަސްވަރަށް ތައްޔާރުވުމަށް ކޮމިޝަނުން ކުރަންޖެހޭ އެންމެހާ ކަންކަން ރޭވުންތެރިކަމާއެކު ނަތީޖާ ނެރެވޭގޮތަކަށް ބައްޓަންކުރުންކަމަށް ބުންޏެވެ.

މީގެ ދަށުން މައިގަނޑު ހަ ސްޓްރެޓެޖީއެއް ކަނޑައަޅައި އޭގެ ދަށުން 14 ހަރަކާތް ރާވައި ހިންގުމަށް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: