ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރުވަނީ ފޭކު ލިސްޓެއް: އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) ރައީސް އާދަމް ޝާމިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ޝޯޝަލްމީޑިއާގައި ދައުރުވަމުންދަނީ އޭސީސީއިން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫންކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.

ކުރީގެ ސަރުކާރުން އެކުލަވާލާފައިވާ ފްލެޓް ލިސްޓާއި ގުޅޭ ތަހުގީގުތަކެއް ކުރެވެމުންދާއިރު، ސޯޝަލްމީޑިއާގައި ލިސްޓެއް ދައުރުކުރަމުންދާކަމަށް ފާހަގަކޮށް އޭސީސީއިންވަނީ އެ ލިސްޓަކީ އެ މުއައްސަސާއާއި ގުޅުމެއް އޮތް ލިސްޓެއް ނޫންކަމަށް ބުނެފައެވެ.

އޭސީސީއިން ބުނެފައިވާގޮތުން ތަހުގީގުގެ ބޭނުމަށް އެ މުއައްސަސާއިން ލިސްޓެއް އެކުލަވާލިކަމަށެވެ. އެހެންނަމަވެސް އެ ލިސްޓު ހިއްސާކޮށްފައިވަނީ ހައުސިން މިނިސްޓްރީއަށާއި މައްސަލައިގައި ޖަވާބުދާރީވާންޖެހޭ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއާއި އެކަނިކަމަށެވެ. އަދި ތަހުގީގުތަކުގެ ހޯދުންތައްވެސް ހިއްސާކޮށްފައިވާނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށްވާއިރު އެ ނޫން އެހެން ގޮތެއްގެ މަތިން މައްސަލައާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިނުވާނެކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ހައްސާސް މައްސަލައެއްގައި ހަގީގަތް އޮޅުވާލައި ސޯޝަލްމީޑިއާގައި ލިޔެކިއުންތައް ދައުރުކުރުމާއިމެދު އެ މުއައްސަސާއިން ކަންބޮޑުވާކަމަަށާއި މިފަދަ މައްސަލަތަކުގައި އެ ކޮމިޝަނުން ދޭންޖެހޭ މައުލޫމާތުތައް ދެމުންދާނީ ރަސްމީ އެކައުންޓުތަކާއި ނޫސްތަކަށް ރަސްމީގޮތުން މައުލޫމާތު ދީގެންކަމަށްވެސް ބުނެފައިވާއިރު އޭސީސީއިންވަނީ މަސައްކަތްތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތްކަމުގެ ޔަގީންކަންވެސް ދީފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: