ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިއުމަން ރައިޓްސް ކޮމިޝަނުން ތިބެނީ ސަރުކާރުދެކެ ބިރުން: އިދިކޮޅު ކޯލިޝަން

އިދިކޮޅު ކޯލިޝަންއިން އެޗްއާރްސީއެމްއާއި ބައްދަލުކުރަށްވަނީ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަންރައިޓްސް ކޮމިޝަންއިން ތިއްބަވަނީ ސަރުކާރަށް ބިރުންކަމަށް އިދިކޮޅު ކޯލިޝަންއިން ބުނެފިއެވެ.

އިންޑިއާ ސިފައިން ދިވެހި ރާއްޖޭގައި ހަރަކާތްތެރިވުމާއި ދެކޮޅަށް މޭ އަށާރަވަނަ ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއަ މުޒާހަރާގައި ފުލުހުން ހިންގި އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް އަޑުއުފުލުމަށާއި ކޯލިޝަންގައި އިސްކޮށް މަސައްކަތް ކުރަށްވާ ބޭފުޅުންތަކެއް ހައްޔަރު ކުރެވުމާއި ގުޅިގެން އެ ކޯލިޝަންގެ އިސްފަރާތްތައް ހިމެނޭހެން ހިއުމަން ރައިޓްސް ކޮމިޝަނާއި ވަނީ ބައްދަލު ކުރަށްވާފައި. ހިއުމަން ރައިޓްސް ކޮމިޝަނާއިއެކު ކުރިއަށްގެންދިއަ ބައްދަލުވުމުގައި ނޫސްވެރިންނަށް ޝާމިލުވުމުގެ ފުރުސަތު ފަހިކޮށްދީފައިނުވާކަން ފާހަގަކޮށްލެވެއެވެ. އެޗްއާރްސީއެމްގެ އިސް ބޭފުޅުންނާއި ބައްދަލު ކުރެށްވުމަށްފަހު އިދިކޮޅު ކޯލިޝަންއިންވަނީ ނޫސްވެރިނާއި ވާހަކަދައްކަވާފައިއެވެ.

އެޗްއާރްސީއެމްގެ ބޭފުޅުންނާއި އެކު ބައްދަލުކުރެއްވުމަށްފަހު އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާހަކަދައްކަވަނުން ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ވިދާޅުވީ، އެޗްއާރްސީއެމްގެ ބޭފުޅުންނާއި ވާހަކަދެއްކެވުމަށް ފަހު އެބޭފުޅުން ތިއްބެވީ ސަރުކާރަށް ބިރުން ކަމަށް އިހުސާސްވެލެއްވުމުން ޝުޖާއު ކަންބޮޑުވެލައްވާފައިވާ ވަރު އިތުރުވެފައިވާ ކަމަށެވެ.  އަދި އެޗްއާރްސީއެމްގެ ބޭފުޅުން ތިއްބެވީ ވިދާޅުވާން ބޭންވެލައްވާ ވާހަކަތައްވެސް ދައްކަވަން ނުކެރޭފަދަ ހާލަތަކުކަމަށް ޝުޖާއު ވަނީ ފާހަގަކުރަށްވާފައިއެވެ.

ޝުޖާއުވަނީ ބައްދަލުވުމުގެ ތެރޭގައި ފާހަގަވެލައްވާފައިވާ ބައެއް ކަންކަން ނޫސްވެރިންނާ ހިއްސާ ކުރަށްވާފައިއެވެ. އެހެންކަމުން އެނާ ވިދާޅުވީ، އެޗްއާރްސީއެމް އިން ހުށައަޅާ ހުށައެޅުންތަކާއި ރިޕޯޓްތަކަށް ފުލުހުން ރައްދުދެއްވާކަމަށެވެސް ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެޗްއާރްސީއެމްއަކީ ދިވެހި ރައްޔިތުންގެ އިންސާނީ ހައްގުތަކުގެ ދިފާއުގައި ހުންނަ މުއައްސަސާއަކަށްވުމުން މިފަދަ ކަންމާއި އިންތިހާއަށް ކަންބޮޑުވެލައްވާކަން ޝުޖާއު ވަނީ ހާމަކުރަށްވާފައިއެވެ.

ޝުޖާއުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވެސް ވަނީ މި ބައްދަލުވުމުގައި ވާހަކަ ދައްކަވާފައިއެވެ. އެހެންކަމުން އެނާ ވިދާޅުވީ ދިވެހި ރާއްޖޭގެ ގާނޫނޫ އަސާސީގެ ދަށުން އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ޒިންމާ އެޗްއާރްސީއެމްގެ މައްޗަށް ލާޒިމުވާކަމަށެވެ. އަދި ރައީސުލް ޖުމުހޫރިއްޔާ ނެރުވާފައިވާ ގަރާރަކީ ގާނުނާއި ހިލާފު އެއްޗެއް ކަމަށް ފާހަގަކުރަށްވާ އެނާ ވިދާޅުވީ އެޗްއާރްސީއެމްއިން އެ ގަރާރާއި މެދު ދެކިލައްވާ ގޮތެއް ދިވެހި ރައްޔިތުންނާއި ހިއްސާކުރުން ވަރަށް މުހިއްމުވެފައިވާކަމަށެވެ.

އިންޑިއާ ސިފައިން ދިވެހި ރާއްޖޭގައި ތިބުމާއި ދެކޮޅަށާއި ދިވެހި ދައުލަތައް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ، ހިންގަމުންދާ “އިންޑިއާ އައުޓް” ކެމްޕެއިން ހުއްްޓުވުމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގާރާރެއްގައި ސޮއިކޮށް ނެރުއްވާފައިއެވެ.

އެ ގަރާރުގެ ދަށުން ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ “އިންޑިއާ އައުޓް ހަރަކާތްވަނީ ގާނޫނާއި ހިލާފު އަމަލެއްގެ ގޮތުގައި ކަނޑައެޅިފައިއެވެ. ދާދި ފަހުން ފުލުހުންވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އިސްކޮށް ހުންނަވައިގެން އެ ހަރަކާތް ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ހައްޔަރުކޮށްފައިއެވެ. އެކަމާއި ނުރުހުން ފާޅުކޮށް މޭ 18 ވަނަ ދުވަހުގެ ރޭ މާލެ ސިޓީގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރިއަށް ގެންދިއަ މުޒާހަރާގެ ބައިވެރިންތަކެއްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިއެވެ. މި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވަނީ ޕެޕަރސްޕްރޭ ޖަހައި ބާރުގެ ބޭނުންކޮށްފައިކަން ފާހަގަކޮށްލެވެއެވެ. އަދި ލޮލަށް ޕެޕާރ ސްޕްރޭ ޖެހުމުގެ ސަބަބުން ބައެއް މީހުންނަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށްވެސް ފަހަގަކޮށްލެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: