ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓު މި މަހުގެ ތެރޭގައި އާންމު ކުރަނީ

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓު މި މަހުގެ ތެރޭގައި އާންމު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޕްލޭނިން މިނިސްޓްރީއިން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީއިން މައުލޫމާތުދީފައިވާގޮތުގައި، މިހާރު ކުރިއަށްދަނީ މި މަސައްކަތުގެ އެންމެ ފަހު މަރުހަލާއެވެ.

ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢަކީ މާލެ ސަރަޙައްދުގައި ހިންގާ މަޝްރޫޢަކަށް ވިޔަސް، މިއީ ތިލަދުންމަތީ އުލިގަމުން އައްޑޫ ގަމާ ހަމައަށް ފެތުރިގެން ދާނެ ތަރައްޤީގެ ބިޔަ މަޝްރޫޢެއް ކަމަށް ސަރުކާރުން ބުނެއެވެ.

މާލޭގެ ރައްޔިތުންނަށް، ބަންޑާރަ ގޯތި ދޫކުރުމަށް ކުރިޔަށް ގެންދާ ބިންވެރިޔާ ސްކީމުގެ މައުލޫމާތު ޙިއްޞާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ، ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން، އިތުރު 150 ހެކްޓަރުގެ ބިން ހިއްކައި، ގުޅިފަޅުން މަދުވެގެން 2000 ގޯތި ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާއިރު، މިހާރު އެފަޅުން 20 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށާއި، ސަރުކާރުން ނިންމާފައި ވަނީ ގިރާވަރުފަޅުންވެސް މަދުވެގެން 2000 ގޯތި ދޫކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހުޅުމާލެއިން 2200 ގޯތި ދޫކުރާއިރު، މިބުރުގައި ޖުމުލަ 6200 ގޯތި ދޫކުރުމަށް ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުންވެސް އިތުރު ގޯތި ދޫކުރެވޭނެ ގޮތްތައް ބައްލަވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ، ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯއްޗަށް އެދި ހުށައަޅައި ޝަރުޠު ހަމަވި އެންމެނަށް، ގޯތި ލިބެންދެން ލިސްޓް ދެމެހެއްޓުން ކަމަށެވެ. އަދި މިހިނދުން ފެށިގެން މިސަރުކާރުން ސޮއިކުރާ ކޮންމެ އެގްރިމެންޓެއް، އަޅާ ކޮންމެ ބިންގަލެއް އަދި ފަށާ ކޮންމެ މަޝްރޫޢެއްގެ އަމާޒަކީ، ދިވެހިން އެދިއެދި ތިބި “އުފާވެރި އަމާން ރާއްޖެ” ދިވެހިންނަށް ހޯދައިދިނުންކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވާހަކަފުޅުގައި، ބިންވެރިޔާ ސްކީމަކީ، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް، ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވައި، މިމަޝްރޫޢުގެ ސަބަބުން މުޅިރާއްޖެއަށް އެތައް މަންފާއެއް ލިބޭނެކަން ފާހަގަކުރެއްވިއެވެ. މިގޮތުން މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި އަދި ގުޅިފަޅުގައި ބައިނަލް އަޤުވާމީ ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުން ލިބިގެންދާނެ އިޤުތިޞާދީ މަންފާތަކާއި ގުޅޭ ގޮތުންވެސް ރައީސް ވަނީ ވާހަކަދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: